Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 21:18
ރައީސް ސޯލިހު އާއި ކުރީގެ ރައީސް ނަޝީދު
ރައީސް ސޯލިހު އާއި ކުރީގެ ރައީސް ނަޝީދު
ރައީސް އޮފީސް
ރައީސް ނަޝީދު
މި ސަރުކާރުގެ މަޝްރޫއުތައް ލަހެއް ނޫން: ރައީސް ނަޝީދު
ލަސް ކަމެއް އުޅެނީ އިދާރީ ހިންގުމުގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ މަޝްރޫއުތައް ލަސް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވާ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގައި ލަސް ކަމެއް އުޅޭހެން ހީވާކަމަށް ވިދާޅުވި ވިދާޅުވުން އިތުރަށް ތަފްސީލްކޮށްދެއްވައެވެ.

Advertisement

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދާއިރާ ރައްޔިތުންނާއި ބައްދަލުވެ ދެއްކި ވާހަކައިގެ ވިދާޅުވީ ސަރުކާރުގެ މަސައްކަތުގެ ބައެއް އިދާރީ ހިންގުމުގައި ލަސްކަމެއް އުޅޭ ވާހަކަ ކަމަށެވެ.

މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ އެކު ބޭއްވި އެބައްދަލުވުމުގައި މަޖިލީހުގެ ސްޕީޑާ އެއްވަރަށް ސަރުކާރުގެ ސްޕީޑް ހިނގައިގަންނަން ކިހާ ދުވަހެއް ނަގާނެތޯ މީހަކު ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ''ޓައިމްލެގެއް'' ނުވަތަ ލަސްކަމެއް އުޅޭ ކަމަށް ހިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ކޮންމެ ސަރުކާރަކުން ވެސް ކަންތައްތައް ކުރަން ދުވަސްކޮޅެއް ނަގާނެ ކަމަށާއި، ސަރުކާރުގެ ޕްލޭންތައް ވަރުގަދަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހާ އެއްވަރަށް ސަރުކާރުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ، ސަރުކާރުގެ ހުރިހާ ވުޒާރާތަކެއް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ ކުރިޔަށް އޮތް މަސްތަކުގައި ސަރުކާރުގެ ސްޕީޑް ހަލުވިވެގެން ދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް