Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 08:11
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތި
ރާއްޖެ އައި ބިދޭސީއެއްގެ އަތުން 3.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.69 ކިލޯހުރި
މިތަކެތީގެ މަގުމަތީ އަގު 2،948،000.00 ރުފިޔާއަށް އަރާ
މަސްތުވާތަކެތި އަތުލީ 36 އަހަރުގެ ފިރިހެނެއްގެ އަތުން

ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި އުމުރުން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ 2019 ސެޕްޓެމްބަރު 17 ވަނަ ދުވަހު ބަންގްލަދޭޝްއިން ރާއްޖެއައި މިމީހާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައިވާ ކަމަށެވެ. އަދި ފުރަތަމަ މަރުހަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.69 ކިލޯހުރި މިތަކެތީގެ މަގުމަތީ އަގު 2،948،000.00 ( ދެމިލިއަން ނުވަލައްކަ ސާޅީސް އަށް ހާސް) ރުފިޔާއަށް އަރާ ކަމަށެވެ.

Advertisement

މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 28.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް