Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2019 | ބުދަ 18:55
ޖޭއެސްސީގެ މެމްބަރުންތަކެއް
ޖޭއެސްސީގެ މެމްބަރުންތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
ޖޭއެސްސީ
އިތުރު ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަނީ
ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރޭ
ބަލަނީ ފަސް މައްސަލަ އެއް

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އާއި ސިވިލް ކޯޓުގެ ހަސަން ފަހީމް ހިމެނޭ ގޮތަށް ހަތަރު ފަނޑިޔާރެއްގެ މައްސަލަ އެއް ބަލަން ނިންމައިފިއެެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ބުދަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، ފަނޑިޔާރުންނާއި ގުޅޭ ގޮތުން ކޮމިޝަނަށް ހުށައެޅިފައިވާ ފަސް މައްސަލައެެއް ބެލުމަށް ބުދަ ދުވަހު ބޭއްވި ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

Advertisement

އެގޮތުން ކޮމިޓީން ބަލަން ނިންމާފައިވާނީ، ކްރިމިނިލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އާއި ސިިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހިމް މައްސަލަ އަކާއި، ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ މައްސަލައެއްގެ އިތުރުން ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްގެ ދެ މައްސަލައެކެވެ. އެހެން ނަމަވެސް ބަލަމުންދަނީ ކޮން މައްސަލައެއް ކަމަށް ޖޭއެސްސީން އެއް ނުބުނެއެވެ.

އެ ބޭފުޅުންގެ ތެރެއިން ގާޒީ ނަޖީބު އާއި ފަހީމްގެ މައްސަލައެއް މީގެ ކުރިންވެސް ބަލަމުންދާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޖޭއެސްސީން ބަލަމުންދިޔައީ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ތާއިދު ހޯއްދެވުމަށް ކެމްޕޭނުގައި ހަރަކާތްތެރިވި މައްސަލައެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް