Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2019 | ބުދަ 13:20
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިދާރާ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިދާރާ
ޓްވިޓަރ
މެމްސް ސިސްޓަމް
ޝަރުއީ ކޯޓުތަކާއި އިދާރާތައް އެއް ވިއުގައަކުން ގުޅާލާ "މެމްސް" ނިމުމަކާ ގާތަށް
މިއީ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގާއިމްކުރާ ނިޒާމެއް
މެމްސްގެ ސަރވަރތައް ހޯސްޓްކުރަނީ ޑީޖޭއޭގައި
މިއަހަރުގެ އޮކްޓޫބަރ މަހުގެ ނިޔަލަށް ހުރިހާ ޑޭޓާއެއް ސަރވަރތަކަށް ބަދަލުކޮށް ނިމޭނެ

ދިވެހިރާއްޖޭގެ ކޯޓުތަކާއި ޝަރުއީ އިދާރާތައް، އެއް ވިއުގައަކުން ގުޅާލާ, މޯލްޑިވްސް އީ-ކޯޓު މެނޭޖްމަންޓް ސިސްޓަމް (މެމްސް) ގެ މަސައްކަތް ނިމުމަކާ ހަމައަށް އައިސްފިއެވެ.

މެމްސްގެ މަސައްކަތުގެ ތެރެއިން ވަކިވަކި ކޯޓުތަކާއި އިދާރާތަކުގައި ހޯސްޓްކުރެވިފައިވާ ކޭސްމެނޭޖްމަންޓް ސިސްޓަމްތަކާއި، މެމްސްގެ ހުރިހާ އެޕްލިކޭޝަނަކާއި ހޯސްޓްކުރާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގައި ގާއިމްކުރެވިފައި ހުރި ޝަރުއީ ދާއިރާގެ ޑޭޓާ ސެންޓަރު ސަރވަރތަކުގައެވެ. އަދި މެމްސްއާ ގުޅުންހުރި އެންމެހައި ޑޭޓާއެއް ވެސް އެ ސަރވަރތަކުގައި ރައްކާކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިކަން މިގޮތަށް ކުރުމަށް ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.

ޑީޖޭއޭއިން ބުނެފައިވަނީ މި ސަރވަރތަކުގައި ރައްކާކުރެވޭ މައުލޫމާތާއި، އެ މައުލޫމާތުތަކަށް އެކްސެސް ވުމަށާއި، ސަރވަރތަކުގައި ހޯސްޓްކުރެވިފައިވާ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެ ޑިޕާޓްމަންޓުން ވަނީ އުސޫލެއް ތައްޔާރުކޮށް އެ އުސޫލަށް އަމަލުކުރަން ފަށާފައެވެ. މި އުސޫލު ތައްޔާރުކުރީ، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ ހަމަތަކާއި އެއްގޮތަަށް ކަންކަން ބައްޓަންކުރުމަށް ކަމަށް ޑީޖޭއީއިން މައުލޫމާތު ދީފައިވެއެވެ.

Advertisement

ޝަރުއީ ދާއިރާގެ އެކި ކޯޓުތަކާއި އިދާރާތަކުގައިވާ ހުރިހާ ޑޭޓާއެއް، މިިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޑީޖޭއޭގައި ގާއިމްކުރެވިފައިވާ ސަރވަރތަކަށް ބަދަލުކޮށް ނިންމުމަށް ވެސް، ޖޭއެސްސީން ވަނީ ނިންމާފައެވެ.

މެމްސްއަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ ކޯޓުތަކާއި އިދާރާތައް އޮޓޮމޭޓްކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ޝަރުއީ އަދި އިދާރި ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތަރައްގީކުރެވިފައިވާ ނިޒާމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް