Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2019 | އަންގާރަ 13:22
އޭޑީކޭގެ ސާރޖަނުން
އޭޑީކޭގެ ސާރޖަނުން
ރާއްޖެ އެމްވީ
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭއިން މިއަހަރުވެސް ލައިވްކޮށް ސާރޖަރީއެއް ކޮށްފި
މިއީ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ 3 ވަނަ ކޮންފަރެންސް
ރާއްޖެއިން ބޭރުގެ މަޤުބޫލު ސަރޖަނުން ބައިވެރިވެފައިވޭ
ބައިވެރިންނަށް ލައިވްކޮށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވޭ

އޭޑީކޭ ހޮސްޕިޓަލުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" ގެ 3 ވަނަ ކޮންފަރެންސްގެ ދަށުން ލައިވް ސާރޖަރީ ކޮށްފިއެވެ.

Advertisement

އަންގާރަ ދުވަހު އޭޑީކޭ ޓްރެއިނިންގ ކްލިނިކްގައި ކުރިއަށް ގެންދިޔަ މި ލައިވް ސާރޖަރީގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގެންފައިވާއިރު، އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، މި ސަރޖަރީތަކުގައި ރާއްޖެއިން ބޭރުގެ މަޤުބޫލު ސަރޖަނުން ބައިވެރިވެފައިވާ ކަމަށާއި، މި ކޮންފަރެންސް މެދުވެރިކޮށް ކުރެވޭ ސާރޖަރީތަކުގެ ތެރެއިން އިތުރު މައުލޫމާތުތަކާއި ހުނަރުތައް ދަސްވެގެންދާނެ ކަމަށެވެ.

މި ކޮންފަރެންސްގައި ރާއްޖެއިން ބޭރުގެ ވަރަށް ގިނަ އަދަދެއްގެ މޮޅެތި ސާރޖަނުން މީގެ ބައިވެރިވެ ވަޑައިގަންނަވާނެ، ހަމަ ކޮންމެ އަހަރެކޭވެސް އެއްގޮތަށް މިއަހަރު އަޅުގަނޑުމެންނާއި އެކު ޔޫއެސްގެ 3 ސާރޖަނުން އެބަ މަސައްކަތް ކުރައްވާ މި ލައިވް ސާރޖަރީތައް ހިނގަމުންދާއިރުގަ، އެގޮތުން ހަމަ ތަފާތު ތިން ނިއުރޯ ސެންޓަރެއްގެ ސާރޖަނުން ވަޑައިގެން އެބަ މަސައްކަތް ކުރައްވާ، އަދި މިއަހަރު އިތުރު އައު ކަމެއް ލިބިގެން ގޮސްފި، މިއަހަރު ނިއުރޯ ސާރޖަރީ ތަކުގެ ޚާއްސަ ނަރުހެއްވެސް އެބަ ބައިވެރިވެވަޑައިގަންނަވާ
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް

އަންގާރަ ދުވަހު ކުރިއަށްގެންދިޔަ ސާރޖަރީ ތެރެއިން ބައިވެރިންނަށް ލައިވްކޮށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އައްފާލް ވިދާޅުވީ، ކޮންމެ އަހަރަކުވެސް ތަފާތު ސާރޖަރީއެއް ކުރިއަށްގެންދަވާ ކަމަށާއި، އޭގެ މަޤްސަދަކީ އިތުރު ހުނަރުތައް ސާރޖަނުންގެ ޓީމުތަކަށް ދަސްކޮށްދެއްވުން ކަމަށެވެ.

އަންގާރަ ދުވަހު އޭޑީކޭ ޓްރެއިނިންގ ސެންޓަރުގައި 2 ލައިވް ސާރޖަރީއެއް ތާވަލު ކޮށްފައިވާއިރު، އޭޑީކޭއިން ކުރިއަށްގެންދާ މި ކޮންފަރެންސްގައި ސިކުނޑި އާއި މައިބަދައިގެ ބަލިތަކާއި އެ ބަލިތަކަށް ފަރުވާދިނުމަށް ކުރެވޭ ދިރާސާ ތަކުގެ އިތުރުން އެ ދާއިރާގައި ބޭސްފަރުވާ ދިނުމަށް ހޯދިފައިވާ އެންމެ ފަހުގެ އީޖާދުތަކާއި ހޯދުންތަކާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެވިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް