Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2019 | އަންގާރަ 07:40
ފަންނު އެކްސްޕޯ 2019 ގެ ތެރެއިން
ފަންނު އެކްސްޕޯ 2019 ގެ ތެރެއިން
ފަންނު އެކްސްޕޯ 2019
ފަންނު އެކްސްޕޯ 2019 ލޯންޗުކޮށްފި
މި މައުރަޒު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް
މައުރަޒު އޮންނާނީ ދަރުބާރުގެއާއި، ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގަ
މި މަޢުރަޒުގައި 77 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމްކޮށްގެން ބާއްވާ ފަންނު އެކްސްޕޯ ލޯންޗުކޮށްފިއެވެ.

"ފަންނު އެކްސްޕޯ 2019" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މައުރަޒު ލޯންޗުކުރުމުގެ ގޮތުން ހޯމަ ދުވަހުގެ ރޭ، ނެޝަނަލް އާރޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގެ، ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގައެވެ.

Advertisement

މި މަޢުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތާކުން ފެންނާނެ މާހައުލެއް ގާއިމުކޮށްދިނުމަށް ބާއްވާ މަޢުރަޒެކެވެ.

މި މަޢުރަޒުގައި 77 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި އަތްތެރި މަސައްކަތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން ދަތުރުފަތުރާއި، އިމާރާތްކުރުމާއި، އުފެއްދުންތެރި ކުރެހުމާއި ފަރުމާ ކުރުން ހިމެނެއެވެ.

ކާބޯތަކެއްޗާއި، ބަހުގެ އުފެއްދުންތަކާއި، ލަކުޑީގެ އުފެއްދުންތަކުގެ އިތުރުން ފެޝަން އެންޑް ޑިޒައިންން އާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީންވެސް މި މައުރަޒުގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް