2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަކު ނެރެން އެ ޕާޓީން ނިންމައިފިއެވެ.
ރަސްމީގޮތުން އެ ޕާޓީން ކެނޑިޑޭޓަކު ނެރޭނެކަން އިއުލާން ކޮށްފައިވަނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.
ޖޭޕީއާ އަލަށް ގުޅުނު މެމްބަރުން ސޮއިކުރުމަށް އާދިއްތަ ދުވަހު ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ގާސިމް ވިދާޅުވީ، މިހާތަނަށް ޖޭޕީގެ ބައިވެރިވުން ނެތި ސަރުކާރެއް އިންތިހާބު ކޮށްފައިނުވާއިރު ކޮންމެ ފަހަރަކު ސަރުކާރެއް އިންތިހާބު ކުރުމަށްފަހު މެދުވެރިވެގެން އަންނަ ކަންތައްތަކާއި މެދު ފުންކޮށް ވިސްނާލަން ޖެހޭ ކަމަށެވެ. އެގޮތަކަށް ކަންތައްތައް ނެވެ ރައްޔިތުން ކުރާ އުއްމީދުތައް ހާސިލްކުރެވޭނީ، ތިން ބަޔަކު އިންތިހާބެއްގައި ވާދަކޮށްގެން ކަމަށެވެ.
މާމިގިލި ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޤާސިމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ޕާޓީތަކަށް ވެރިކަން ކުރުމުގެ ފުރުސަތު ރައްޔިތުން ދީފައިވާ ކަމަށާއި، ޖޭޕީގެ ބައިވެރިވުމާއި އެކު ވެރިކަން ކުރުމުގެ ފުރުސަތު ދެއްވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
މިއަންނަ 2023 ގައި ދިވެހިރާއްޖޭގެ އިންތިހާބު ކުުރުމަށްޓަކައި ޖުމްހޫރީ ޕާޓީންވެސް ހަމަގައިމުވެސް ރިޔާސީ ކެނޑިޑޭޓަކު ވާދަކުރާނެ. ރިޔާސީ ކެނޑިޑޭޓަކު މި ޕާޓިން ނިކުންނާނެ. ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރާނެ.ގާސިމް އިބްރާޙިމް ~ ޖުމްހޫރީ ޕާޓީގެ ލީޑަރު
ވާދަކުރާނީ ކޮން ކެނޑިޑޭޓެއްތޯ ކަނޑައަޅަނީ ޕާޓީގެ މެމްބަރުން ކަމަށް ވިދާޅުވިއެވެ. ވިޔާފަރިވެރިޔާ ގާސިމް ވިދާޅުވީ، ޕާޓީގެ ލީޑަރު ހޮވަނީ ކޮންގްރެސް އަކުން ނޫން ކަމަށާއި އެއަކީ ރައްޔިތުންގެ ވޯޓަކުން ކަނޑައަޅައި ދިނުމަށް ޕާޓީގެ ކައުންސިލަށް ހުށައަޅަން ހަމަޖެހިފައިވާ ކަމަށެވެ.
ގާސިމް ގަބޫލުފުޅު ކުރާއްވާ ގޮތުން ހުރިހާ ކަންތައްތަކަށް ކުރިމަތިލައިގެން މަސައްކަތް ކުރާއިރު ސިޔާސީ ގޮތުން ކުރިޔަށްދާން އެންމެ ފަހި ފުރުސަތުތަކެއް އޮތް ހަމައެކަނި ޕާޓީ އަކީ ޖުމްހޫރީ ޕާޓީއެވެ.
އޭނާ ވިދާޅުވީ، ޕާޓީ ފުޅާކުރުމުގެ މަސައްކަތް ވަރަށް ފޯރިއާއި އެކު ކުރިޔަށްދާ ކަމަށާއި، އެގޮތުން އެ ޕާޓީގެ ގޮތްޕެއް ކޮންމެ ރަށެއްގައި އުފެއްދުމާއި، ދާއިރާގެ ރައީސުންނާއި ނައިބް ރައީސުން ހޮވުމުގެ އިތުރުން ކުރިޔަށް އޮތް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްްކަތް ކުރިޔަށްދާ ކަމަށެވެ. ޕާޓީއާ އަލަށް ގުޅުނު ފަރާތްތަކުން އެ މަސައްކަތުގައި ބައިވެރިވުމަށް ގާސިމް ގޮވައިލެއްވިއެވެ. ޖޭޕީގެ ތަސައްވަރަކީ ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ޕާޓީ އަށް 30،000 މެމްބަރުން ހަަމަކުރުމެވެ.