Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 22:52
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ރާއްޖެއެމްވީ
ފުލުހުން
ދަރިވަރަކާއިއެކު ބަދުއަހުލާގި އަމަލު ހިންގަން އުޅެނިކޮށް ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައިވާ މީހާގެ މައުލޫމާތު ހާމަކޮށްފައެއް ނުވޭ

ދެކުނުގެ އަތޮޅެއްގައި ބިދޭސީ ޓީޗަރަކު އަންހެން ދަރިވަރަކާއިއެކު ބަދުއަހުލާގި އަމަލު ހިންގަން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ބިދޭސީ ޓީޗަރަކާއި ދަރިވަަރަކު ކޮޓަރިއެއްގައި ތިއްބާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އާއި ގުޅިގެން ބަަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ރާއްޖެ.އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އައްޑޫ އަތޮޅު ހިތަދޫ ގައެވެ.

މައުލޫމާތު ދިން މީހާ ބުނީ، އައްޑޫ ހިތަދޫ ހައި ސްކޫލު ގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރަކާއި އަންހެން ދަރިވަރަކު ކޮޓަރިއަށް ވަނދެގެން ޖިންސީ ގުޅުން ހިންގަން އުޅެމުން އާންމުންގެ ބަޔަކު ނިކުމެ އެކަން ހުއްޓުވާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
15 ސެޕްޓެންބަރ 2019 | އާދީއްތަ 23:38
ާއާދަމް
ހެޑްލައިން ހެދިއްޖެ! އިތުރު މައުލޫމާތު ދޭނެކަމެއްނެތް.