ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އީސާ އެ ދާއިރާގެ އެމްޑީޕީ ރައީސް ކަމުން އިސްތިއުފާ ދެއްވައިފިއެވެ.
އެމްޑީޕީއަށް އީސާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކެނދިކުޅުދޫ ދާއިރާގެ ރައީސްގެ މަގާމަކީ ޒިންމާ ބޮޑު އަދި ވަގުތުދޭން ޖެހޭ މަގާމެއްކަން ގަބޫލު ކުރައްވާކަމަށެވެ. އަދި މި ވަގުތަކީ އެދާއިރާގެ މެމްބަރުންނަށް ވީހާވެސް ގާތުން މަސައްކަތް ކުރަން ޖެހޭ ވަގުތެއްކަމަށް ވުމާއެކި ވަގުތު ދެވޭނެ ފަރާތެއް އެމަގާމަށް އައްޔަން ކުރުމަށް އެންމެ މުނާސަބު ވަގުތުކަން ދެކެވަޑައިގަންނަވާތީ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
މީގެއިތުރުން އެދާއިރާގެ ރައްޔިތުން އޭނާއަށް ކެނދިކުޅުދޫ ދާއިރާގެ ރައީސްގެ މަގާމު އަދާކުރުމުގެ ފުރުސަތު ދިނުމަކީ އޭނާއަށް ލިބިލެއްވި ފަޚުރަކާއި ޝަރަފެއްކަމުގައި ވިދާޅުވިއެވެ.
ކެނދިކުޅުދޫ ދާއިރާގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް އީސަ ހުށައެޅުއްވީ އާދީއްތަ ދުވަހު އެވެ.