Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2019 | ހޮނިހިރު 19:51
ޓީމްގެ މައުރޫފް ޒާކިރު
ޓީމްގެ މައުރޫފް ޒާކިރު
ފާތިމަތު ޝަނާ މުހައްމަދު
މަސައްކަތްތެރިންގެ ފެޑެރޭޝަން
ރާއްޖޭގެ މަސައްކަތްތެރިންގެ ފެޑަރޭޝަނެއް އުފައްދައިފި
މި ފެޑެރޭޝަންގައި ހުރިހާ މަސައްކަތްތެރިންގެ ޖަމިއްޔާތަކުން ބައިވެރިވޭ

ރާއްޖޭގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ޖަމިއްޔާތައް ބައިވެރިވެގެން މަސައްކަތްތެރިންގެ ފެޑެރޭޝަންއެއް އުފައްދައިފިއެވެ.

މޯލްޑިވްސް ޓްރޭޑު ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) ގެ ނަމުގައި އުފައްދާފައިވާ ފެޑެރޭޝަން އިފްތިތާޙްކޮށްފައިވަނީ މިއަދު ހުޅުމާލެ ސަމަން ހޮސްޓުގައި ބޭއްވި ޙާއްސަ ހަފްލާއެއްގައެވެ.

Advertisement

މި ފެޑެރޭޝަން އިފްތިތާޙްކުރުމަށްފަހު މި ފެޑެރޭޝަނުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެމުން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް)ގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވިދާޅުވީ، މި ފެޑެރޭޝަނުން ރާއްޖޭގެ މަސައްކަތްތެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މަސައްކަތްކުރާނެ ކަމަށެވެ.

މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ހުރިހާ ޖަމިއްޔާތަކެއް ބައިވެރިވާކަމަށް އެމްޓީޔޫސީން މައުލޫމާތުދެއެެވެ. އެމް.ޓީ.ޔޫ.ސީގެ ހިންގާ ކޮމެޓީގެ ރައީސަކީ ޓީމްގެ ސެކްރެޓަރީ މައުރޫފް ޒާކިރެވެ. ނައިބް ރައީސަކީ ޕޯޓް ވޯކަރސްގެ އައިޝަތު ރުޚުސާނާއެވެ. ހަޒާންދާރަކީ ޓީމްގެ އަލީ ނާޒިމެވެ. އެމްޓީޔޫސީގެ ޖެނެލަރަލް ސެކްރެޓަރީއަކީ ހެލްތުވޯރކާސްގެ ފާޠިމަތު ޒިމްނާއެވެ.

Advertisement

Advertisement
- ކޮމެންޓް