Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2019 | ހޮނިހިރު 07:15
ޑީޕޯޓްކޮށްފައިވާ ބިދޭސީ މީހާ
ޑީޕޯޓްކޮށްފައިވާ ބިދޭސީ މީހާ
އިމިގްރޭޝަން
އިމިގްރޭޝަން
ރާއްޖޭގައި ހުރުމަށް ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާއި ޚިލާފުވުމުން މީހަކު ޑީޕޯޓު ކޮށްލައިފި
އެމީހާ ވަނީ ނޯޓިސްއަކާއި ނުލައި، ހުއްދަ ބާތިލު ކުރުމަށް ފަހު ޑީޕޯޓުކޮށްފައި

މޯލްޑިވްސް އިމިގްރޭޝަން އިން ރާއްޖޭގައި ހުރުމަށް ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާއި ޚިލާފުވުމުގެ ސަބަބުން ބިދޭސީ މީހަކު ޑީޕޯޓު ކޮށްފައިވާ ކަމަށް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަން އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އަބޫ ހަނީފް ނަމަކަށް ކިޔާ އެ މީހާ ޑީޕޯޓު ކޮށްލާފައިވަނީ ހުކުރު ދުވަހުގެ ރޭ އެއާރޕޯޓުގައި ހިފެއްޓުމަށްފަހު ނޯޓިސްއަކާއި ނުލައި، ހުއްދަ ބާތިލު ކުރުމަށް ފަހު ކަމަށެވެ.

Advertisement

މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަން އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ އޮފަރޭޝަނެއްގެ ދަށުން ގަވައިދާ ހިލާފަށް ބިދޭސިން ރެކްރޫޓް ކުރާކަމުގެ ތުހުމަތުގައި ހުކުރު ދުވަހު އިތުރު އެހެން ބިދޭސީއަކު ވަނީ ޑީޕޯޓް ކޮށްފައެވެ.

މިހާރު ވެސް ރާއްޖޭގައި ލައްކަ އަކަށް ވުރެ ގިނަ ބިދޭސީން އުޅޭ ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަށް ދައްކާއިރު، އޭގެތެރެއިން 63،000 އަށް ވުރެ ގިނަ ބިދޭސީންނަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
14 ސެޕްޓެންބަރ 2019 | ހޮނިހިރު 14:51
އަޑޭ
މަނީލޯންޑްރިން މައްސަލަ ތަހުގީގު ނުކޮއް ޑީޕޯޓް ކޮއްލުމަކީ ވަރައްބޮޑު ގޯހެއް ތިކަމުގަ ނުފޫޒު ގަދަބައެއްގެ އަތެއްނުވެނުދާނެ 1996 ވޯކްވިސާ އަކީ ރާއްޖެއައް އަބޫހަނީފު ފުރަތަމަ އައިސް މަސައްކަތް ކުރި ތަން (ސަންލޭންޑް) ގައުޅުންއިރުގެ އެއްޗެއް ފަހުން އުޅެމުން އައީ ބަނޑަހަ ފައިނޭސަލް ކަމައް ހަބަރު ލިބޭ.