Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2019 | ހުކުރު 19:11
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު
ޝުއައިބް މުހައްމަދު އިގްބާލް
އިލެކްޝަންސް ކޮމިޝަން
އީސީ ޝަރީފް، ލަތީފަށް: ރިޔާސީ އިންތިޚާބުގެ ވާހަކަ ހުއްޓާލާ ކައުންސިލަށް ތައްޔާރުވުން ބުއްދިވެރި
ދެން ރިޔާސީ އިންތިޚާބުގެ ވާހަކަ ދެއްކުން ހުއްޓާލުމަށް ޝަރީފު އެދިވަޑައިގެންނެވި

އަންނަ އަހަރު ރިޔާސީ އިންތިހާބު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވުމުން އެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ރައްދު ދެއްވައިފިއެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުލީ ގޮތް އެކޮމިޝަނުން އިއުލާން ކޮށްފައިވާ ކަމަށާއި ދެން އެ އިންތިޚާބުގެ ވާހަކަ ހުއްޓާލެއްވުމަށެވެ. އަދި އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުން ބުއްދިވެރި ކަމަށް ޝަރީފު ވިދާޅުވިއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "ދަވާލައިފި" ނަމުގައި ބޭއްވި ޖަލްސާގައި ލަތީފު ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރަށް ތިބުމަށާއި މިސަރުކާރު ވަރަށް އަވަހަށް ބަދަލުވާނެ ކަމަށެވެ.

ޝަރީފު، ލަތީފަށް ރައްދު ދެއްވި ޓްވީޓުގައި ވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ބައިވެރިވިވަޑައިގެންނެވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ވޯޓުގެ ނަތީޖާ ވެސް ހިމަނުއްވާފައިވެއެވެ. އެގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 134616 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96132 ވޯޓެވެ.

ގާނޫނު އަސާސީ ބުނާގޮތުން ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބާއްވަންޖެހޭނީ ކޮންމެ ފަސްއަހަރަކުން އެއް ފަހަރުއެވެ. އެގޮތުން ދެން ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބާއްވާނީ 2023 ވަނަ އަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް