Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 14:56
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ރާއްޖެ އެމްވީ
މެމްބަރު ގާސިމް
ސިފައިންނާއި ފުލުހުންނާ ބެހޭ ގޮތުން ރައީސް ނަޝީދު ދެއްކެވީ ''ހަޑިހުތުރު ވާހަކަ'' އެއްް: ޤާސިމް
މުއައްސަސާތަކުގެ ނަން ކިލަނބު ކުރުމަށް ދެއްކެވި ވާހަކައެއް ކަމަށް ތުހުމަތު ކުރެއްވި
ޝަރުއީ ދާއިރާގެ އަގު ވެސް ހިފަހައްޓަންޖެހޭ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފައިންނާއި ފުލުހުންގެ މުއައްސަސާއާ ބެހޭ ގޮތުން ސުވާލުއުފައްދާ ދެއްކެވީ ހަޑިހުތުރު ވާހަކައެއް ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ޖޭޕީއަށް މެންބަރުންތަކެއް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ގާސިމް ވިދާޅުވީ ސަލާމަތީ ޚިދުމަތްތައްދޭ މުއައްސަސާތަކާއި، ޝަރުއީ ކޯޓުތަކާ ެހޭ ގޮތުން ސުވާލު އުފައްދާ ހިތުހުރި ގޮތަކަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދަށް ވަރަށް ފާޑު މެމްބަރު ގާސިމް ވިދާޅުވީ ފުލުހުން ފާރަލާ ކަމަށް ގައުމީ ދިފާއީ ބާރުން އަންގާފައިވާ ކަމަށް ވިދާޅުވެ އެ މަނިކުފާނު ދެއްކެވީ ހަޑިހުތުރު ވާހަކައެއް ކަމަށެވެ. ނަމަވެސް މުއައްސަސާތަކުން އެކަން ދޮގުކޮށްފައިވާއިރު، މިއީ ސަލާމަތީ ޚިދުމަތްތައްދޭ މުއައްސަސާތަކުގެ ނަން ކިލަނބު ކުރުމުގެ ނިޔަތުގައި ދެއްކެވި ވާހަކައެއް ކަމަށް މެމްބަރު ގާސިމް ތުހުމަތު ކުރެއްވިއެވެ.

Advertisement

މީގެ އިތުރުން މެމްބަރު ގާސިމް ވިދާޅުވީ ގާސިމް ވިދާޅުވީ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާތަކާ، ޝަރުއީ ދާއިރާގެ އަގު ހިފަހައްޓަންޖެހޭކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ކޯލިޝަންގައި ޖޭޕީ ހިމެނޭއިރު ސަރުކާރުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ މެމްބަރު ގާސިމް ވިދާޅުވީ މިސަރުކާރުގެ ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، ކޮންމެ ކަމެއްގައި ވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

މިސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ސްޕީޑް ވަރަށް ލަސްކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި މެމްބަރު ގާސިމް ވިދާޅުވީ ސަރުކާރުގެ ސްޕީޑް ރަނގަޅު ކަމަށާއި، ސްޕީޑް ލަސް ކަމަށް ބުނެ ހަގީގަތެއް ނެތް ވާހަކަތައް ދައްކަނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް