Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 18:24
މިދިޔަ އަހަރު ބޭއްވި ކޮންފަރެންސްގެ ތެރެއިން
މިދިޔަ އަހަރު ބޭއްވި ކޮންފަރެންސްގެ ތެރެއިން
އޭޑީކޭ ޖެނެރަލ ޓްރޭޑިންގ
ސައިންޓްފިކް ކޮންފަރެންސް
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް މި މަހު 17 ގައި
ކޮންފަރެންސް ގައި 300 ވަރަކަށް މީހުން ބައިވެރިވާނެ
ބައިނަލްއަގްވާމީ ގޮތުން ބޮޑު ތަރުހީބެއް ލިބޭ

އޭޑީކޭ އިން އިންތިޒާމް ކޮށްގެން ބާއްވާ ތިންވަނަ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް މި މަހު 17 އިން 19 އަށް ބާއްވަން ހަމަޖެހިއްޖެއެވެ.

މިއީ މި ކޮންފަރެންސް ބާއްވާ ތިންވަނަ ފަހަރެވެ. 2018 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެ ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ، ސިކުނޑިއާ މައިބަދައިގެ އެކި ފަރުވާތަކާއި މައިބަދައިގެ އޮޕަރޭޝަންތަކާއި ބެހޭ ގޮތުން ދުނިޔޭގެ ފެންވަރުގައި ކުރެވޭ ދިރާސާތަކުގެ އިތުރުން ޒަމާނީ ގޮތުން ސާޖަރީސްއާ ބެހޭ މައުލޫމާތު ހިއްސާ ކުރުމެވެ.

މިދިޔަ އަހަރު ބޭއްވި އެ ކޮންފަރެންސްގައި 150 މީހުން ވަނީ ބައިވެރިވެފައެވެ. ކޮންފަރެންސްއާ ބެހޭ ފަހުގެ މައުލޫމާތު މީޑިއާ ހިއްސާކުރަން ބުދަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއް ގައި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، މި ފަހަރުގެ ކޮންފަރެންސް ގައި ބޭރުގެ އެކި ގައުމުތަކުގެ 40 ސާޖަނުން ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއޭގެ އިތުރުން އިނގިރޭސިވިލާތުގެ ސާޖާނުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި އޭގެ އިތުރުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ގިނަ ފަރާތްތަކަކުން ބައިވެރިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

ކޮންފަރެންސް ގައި 63 ކަރުދާހެއް ހުށައެޅުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ބްރެއިން ޓިއުމަރގެ ފަރުވާތަކާއި ގުޅޭ ކަރުދާސްތައްވެސް ހިމެނެއެވެ.

އައްފާލް ވިދާޅުވީ، ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ ކޮންފަރެންސް ގައި 300 ވަރަކަށް މީހުން ބައިވެރިވާނެ ކަމަށެވެ. ކޮންފަރެންސް އަށް ބޭރު ގައުމުތަކުގެ ގިނަ ފަރާތްތަކުން ބައިވެރިވުމުން އަންގައިދެނީ ބައިނަލްއަގްވާމީ ގޮތުން ބޮޑު ތަރުހީބެއް ލިބެމުންދާކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސައިންޓްފިކް ކޮންފަރެންސްކަން ފާހަގަ ކުރައްވަމުން އައްފާލް ވިދާޅުވީ، އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، ކުރިއަށް އޮތްތާނގައި ކޮންފަރެންސް އަށް ލިބިގެންދާ ތަރުހީބު ބޮޑުވެ އިތުރު ގައުމުތަކުން ބައިވެރިވެ ފައިދާބޮޑުވެގެންދާނެ ކަމަށެވެ. ސައިންޓްފިކް ކޮންފަރެންސްގެ މެއިން ސްޕޮންސަރ އަކީ ވޯލްޑިވްސް ކުންފުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް