Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 08:09
ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
ފުލުހުން
ދީނަށް ފުރައްސާރަ ކުރި މީހަކު ހައްޔަރުކޮށްފި
އެމީހާ ވަނީ އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައި
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގދ.ތިނަދޫއަށް ނިސްބަތްވާ އެމީހާ ހައްޔަރުކުރީ ދީނަށް ފުރައްސާރަކޮށް، ސޯޝަލް މީޑިއާގައި ގިނަ އެއްޗެހިތައް ލިޔަމުންދާތީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

Advertisement

ހައްޔަރުކުރި މީހާ ވަނީ މާތް ﷲ އާއި ރަސޫލާއަށް ބަދު ބަސްތައް ބުނެފައި ވެއެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް