މާލެ ސިޓީގެ ކައުންސިލް މެންބަރުން މާލެ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މާލެ ސިޓީގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ޓްވީޓް ކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތްތައް ރާވާލެވުނު ކަމަށް ވެސް ޓްވީޓް ގައި ވެއެވެ.
މި މަޝްވަރާ ބައްދަލުވުމާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ މާލެ ސިޓީއަށް ބޭނުންވާ އަވަސް ހައްލާމެދު މަޝްވަރާ ކުރެވިގެން ގޮސްފިކަމުގައެވެ.