Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 12:14
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ
އިސްލާމިކް މިނިސްޓްރީ
މުސްއަބާއި މެދު މިހަފްތާ ތެރޭގައި ގޮތް ކަނޑައަޅާނަން: ސީއެސްސީ
މުސްއަބު އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ މެއި 29 ވަނަ ދުވަހު

ފަސް ފަހަރަށް ސަސްޕެންޝަން އިތުރުކޮށްފައިވާ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ އާއިމެދު މި ހަފްތާތެރޭގައި ގޮތް ކަނޑައަޅުއްވާނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.

ސީއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމްޒުހުރީ ރާއްޖެއެމްވީއަށްވިދާޅުވީ ފަސް ފަހަރަށް ވެސް މުސްއަބު ސަސްޕެންޑްކޮށްފައިވަނީ އިދާރީ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

މުސްއަބުގެ ސަސްޕެންޝަން ފަސްވަނަ ފަހަރަށް އިތުރު ކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

Advertisement

ފަސް ވަނަ ފަހަރަށް ސަސްޕެންޑްކޮށްފައިވަނީ ޒިކުރާ މިސްކިތުގެ އެގްރިމެންޓް ބާތިލްކުރުމުން ބަދަލު ހިފުމުގެގޮތުން ކަމަށް މުސްއަބު ރާއްޖެއެމްވީއަށް ވަނީ ވިދާޅުވެފައެވެ. ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރެގެން މި ސަރުކާރުގެ ބަންޑާރަ ނައިބުގެ ލަފައާއެކު އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.

އޭނާ އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ މެއި 29 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް