Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 09:27
އޭސީސީއަށް އިއްޔެ އައްޔަން ކުރެވުނު ހަތަރު މެމްބަރުންނާ ރައީސް ބައްދަލު ކުރައްވަނީ
އޭސީސީއަށް އިއްޔެ އައްޔަން ކުރެވުނު ހަތަރު މެމްބަރުންނާ ރައީސް ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
އެންޓިކަރަޕްޝަން ކޮމިޝަން
އޭސީސީގެ ރައީސަކަށް ޝިއުނާ، ނައިބަކަށް އަނޫލާ
ހަތަރު މެމްބަރުން އިންތިޚާބު ކޮށްފައިވަނީ އިއްޔެ

އެނޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ކަމަށް މަރިޔަމް ޝިއުނާ އަދި ނައިބު ރައީސަކަށް ފާތިމަތު އަނޫލާ އިންތިޚާބު ކޮށްފިއެވެ.

ޝިއުނާ އާއި އަނޫލާ އެ ދެ މަގާމަށް އައްޔަންކޮށްފައިވަނީ އެކޮމިޝަންގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުންނެވެ.

އޭސީސީގައި ތިއްބެވި މެމްބަރުންގެ ދައުރު ހަމަވުމާއެކު ހޯމަ ދުވަހު ރައީސް ސޯލިހު ވަނީ ހަތަރު މެމްބަރުން އައްްޔަން ކުރައްވާފައެވެ.

Advertisement

އޭސީސީގައި ފަސް މެމްބަރުން ތިއްބަވާއިރު އެކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ އިސްތިއުފާ ދެއްވުމާ ގުޅިގެން އޮގަސްޓް މަހުގެ ތެރޭގައި ވަނީ މެމްބަރަކު އައްޔަން ކުރައްވާފައެވެ. އެއީ އިބްރާހިމް ޝަކީލެވެ.

އޭސީސީގައި އަލަށް އައްޔަން ކުރެވުނު މެމްބަރުންނަކީ ޝިއުނާ އާއި އަނޫލާއާއި ޝަކީލްގެ އިތުރުން އައިޝަތު އަބްދުﷲ އާއި އަލީ އަޝްރަފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް