Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 09:25
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް
ރާއްޖެއެމްވީ
ކަސްޓަމްސް
މަސްތުވާތަކެއްޗާއެކު ބްރެޒިލްގް އަންހެނެއް ރާއްޖެއިން ހައްޔަރުކޮށްފި
އަތުލައިގަތީ 70 ކޮކެއިން ކެޕްސިއުލް
މަސްތުވާތަކެތީގެ ބަރުދަނުގައި 1089 ގްރާމް ހުރި
އެ ތަކެތީގެ މަގުމަތީގެ އަގު ތިން މިލިއަން ރުފިޔާއަށް ވުރެ ބޮޑު

މަސްތުވާތަކެއްޗާއެކު ބްރެޒިލްގް އަންހެނެއް ރާއްޖެއިން ހައްޔަރުކޮށްފި އެވެ.

Advertisement

މޯލްޑިވިސް ކަސްޓަމސް ސަރވިސްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ބްރެޒިލްއިން ރާއްޖެ އައި މި މިހާގެ އަމަލު ހުރިގޮތުން ޝައްކު ކުރެވި ބަލައި ފާސްކުރުމުގެ ތެރޭގައި ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރައްކާކޮށްފައިހުރި 70 ކެޕްސިއުލް ފެނިފައިވާކަމަށެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ ފުރަތަމަ މަރުހަލާގައި އެތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާކަމަށާއި ބަރުދަނުގައި 1089 (އެއްހާސް އައްޑިހަ ނުވަ) ގްރާމް ހުރިކަމަށެވެ. އަދި އަތުލައިގަނެވުނު ތަކެތީގެ މަގުމަތީ އަގު 3،811،500.00 (ތިން މިލިއަން އަށްލައްކަ އެގާރަހާސް ފައްސަތޭކައަށް) އަރާ ކަމަށް ބަޔާނުގައި ވެއެވެ.

މައްސަލައިގައި ހައްޔަރުކޮށްފައިވާ އުމުރުން 32 އަހަރުގެ އަންހެން މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވިސް ޕޮލިސް ސަރވިސްއާއި ހަވާލުކޮށްފައިވާއިރު މި އަހަރުގެ މިހާތަނަށް ކަސްޓަމްސްވަނީ ޖުމްލަ 24.78 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް