Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 19:44
އޭސީސީ އަށް އައްޔަން ކުރެއްވި ހަތަރު ބޭފުޅުން
އޭސީސީ އަށް އައްޔަން ކުރެއްވި ހަތަރު ބޭފުޅުން
ރައީސް އޮފީސް
އެންޓިކޮރަޕްޝަން ކޮމިޝަން
އޭސީސީ އަށް ހަތަރު ބޭފުޅުން އައްޔަން ކުރައްވައިފި
އައްޔަން ކުރައްވާފައިވަނީ ހޯމަ ދުވަހު
އަނޫލާ އަކީ އެސެޓް ރިކަވަރީ ކޮމިޝަންގައި މަސައްކަތް ކުރެއްވި ބޭފުޅެއް

އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ހަތަރު ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހޯމަ ދުވަހު އައްޔަން ކުރައްވައިފިއެވެ.

އޭސީސީ އަށް އައްޔަންކުރެއްވި ބޭފުޅުންނަކީ، ފާތިމަތު އަނޫލާ, މަރްޔަމް ޝިއުނާ، އައިޝަތު ޢަބްދުﷲ އަދި އަލީ އަޝްރަފުއެވެ.

އެބޭފުޅުންގެ ތެރެއިން ފާތިމަތު އަނޫލާ ވަނީީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރައްވަމުން ގެންދެވީ އެސެޓް ރިކަވަރީ ކޮމިޝަންގައެެވެ.

Advertisement

މަރްޔަމް ޝިއުނާ އެންމެ ފަހުން އަދާކުރެއްވީ ޓްރާސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމެވެ. ޝިއުނާ އަންނަނީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

ކޮމިޝަނަށް އައްޔަން ކުރެއްވި ޢާއިޝަތު ޢަބްދުﷲ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އޯޑިޓް އެގްޒެކެޓިވްގެ މަގާމުގައެވެ. އާއިޝަތު ވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ޤައުމީ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ.

އޭސީސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ޢަލީ އަޝްރަފަކީ ވިލާ ކޮލެޖުގެ ޑިރެކްޓަރ އޮފް މާރކެޓިންގެ މަގާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޢަލީ އަޝްރަފު އަންނަނީ ޔުނިވަރސިޓީ އޮފް ވެސްޓަރން އިންގްލެންޑުގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް