Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 17:24
ޑރ. ޖަބީން
ޑރ. ޖަބީން
ބާރ ކައުންސިލު
ބާރ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޑރ. ޖަބީން އައްޔަންކުރައްވައިފި
ބާރ ކައުންސިލުން ވަނީ ޖަބީން އަށް މަރުހަބާ ކިޔާފަ
ޖަބީންއަކީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުން ޕީއެޗްޑީ ފެންވަރަށް ކިޔަވާފައިވާ ބޭފުޅެއް
ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފަ

ބާރ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޑރ. މަރިޔަމް ޖަބީން އައްޔަން ކުރައްވައިފިއެވެ.

Advertisement

ބާރ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި، އެ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ޖަބީން އައްޔަން ކުރުމާއި ގުޅިގެން ވަނީ މަރުހަބާ ދަންނަވާފައެވެ.

ޖަބީންއަކީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުން ޕީއެޗްޑީ ފެންވަރަށް ކިޔަވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. އަދި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ވެސް އޭނާ ފުރުއްވިއެވެ.

ބާރ ކައުންސިލަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން، ވަކީލުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި އުފައްދާފައިވާ ކައުންސިލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް