Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 10:43
އައްޑޫ ސިޓީ، ހިތަދޫ މަގެއްމަތި
އައްޑޫ ސިޓީ، ހިތަދޫ މަގެއްމަތި
ރާއްޖެއެމްވީ
ކަރަންޓް
އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރެވިއްޖެ، އަންނަ މަހު ދާއިމީ ހައްލެއް ގެނެވޭނެ: ފެނަކަ
ދާއިމީ ހައްލެއް ލިބޭނީ އޮކްޓޯބަރު މަހު
ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވޭ

އައްޑޫސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރެވި، މުޅި ސިޓީއަށް ކަރަންޓުދެވިފައިވާކަމަށާއި، މަސައްކަތް ކުރިއަށްދާގޮތުން އަންނަ މަހުގެ ތެރޭގައި ދާއިމީ ހައްލެއް ގެނެވޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ހަވީރުން ފެށިގެން ގިނަ އިރުތަކެއްވަންދެން އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވެއެވެ. އަދި ރޭ ދަންވަރުގެ ވަގުތުން ފެށިގެން ކަރަންޓުދޭން ފަށައިފައިވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ސައީދު ވިދާޅުވީ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު އަދިވެސް ދަނެގަނެވިފައިނުވާކަމަށެވެ. ނަމަވެސް ފާހަގަވާ މައްސަލަތައް ވަގުތުން ވަގުތަށް ހައްލުކުރަމުންގެންދާކަމަށާއި، މާލެއިން އިތުރު އިންޖީނަރުން ފޮނުވައިގެން މިހާރުންވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު އޮތީ ވަރަށް ނާޒިކު ފައްތަރެއްގައިކަމަށް ސައީދު ވިދާޅުވި އެވެ.

Advertisement

ސައީދު ވިދާޅުވިގޮތުގައި އައޤޑުގެ ގުޅިފައިވާ ހުރިހާ ރަށަކަށް ކަރަންޓުދެވިފައިވީނަމަވެސް މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު ބައެއް ސަރަހައްދުތަކުން ބައެއް ވަގުތުތަކުގައި ކަރަންޓު ކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

ކަރަންޓުގެ މައްސަލައަށް ދައިމީ ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭކަން ފާހަގަކޮށް ސައީދު ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްގޮސް، އައްނަ މަހުގެ ތެރޭގައި ދާއިމީ ހައްލެއް ލިބޭނެކަމަށް ގަބުލުކުރެވޭކަމަށެވެ. އަދި އޭރަށް ކެޕޭސިޓީވެސް އިތުރުކުރެވޭނެކަމަށް ސައީދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް