Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2019 | އާދީއްތަ 19:55
އައްޑޫ
އައްޑޫ
އައްޑޫ ސިޓީ
އައްޑޫ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ، ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން
ކަރަންޓު ކެނޑިފައިވަނީ ހަތަރެއް ޖެހިއިރު
ދިމާވީ ޓެކްނިކަލް މައްސަލައެއް

ފަސްގަޑި އިރުވަންދެން އައްޑޫ ސިޓީގެ ބޮޑު ސަރަހައްދެއްގައި ކަރަންޓު ކެނޑިފައި އޮތުމަށް ފަހު ކަރަންޓު ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އައްޑޫ ސީޓީން ކަރަންޓު ކެނޑިފައިވަނީ އާދިއްތަ ދުވަހު ހަވީރު ހަތަރެއް ޖެހިއިރުއެވެ. ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ބްރޭކަރެއް ވެއްޓިގެން ދިމާވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނު ކަމަށެވެ. ކަރަންޓު ކެނޑިފައިވަނީ، ގަމާއި، ފޭދޫ، މަރަދޫ ފޭދޫގެ އިތުރުން ހިތަދޫއިންނެވެ.

Advertisement

ސޯބެ ވިދާޅުވީ، ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް އާދިއްތަ ދުވަހުގެރޭ 19:30 ފަށައިގެން ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް