Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2019 | އާދީއްތަ 16:45
މިއަހަރުގެ ހިތާނުކުރުން ހަމަޖެހިފައި އޮތީ 21 ނޮވެމްބަރުން ފެށިގެން 31 ޑިސެމްބަރަށް
މިއަހަރުގެ ހިތާނުކުރުން ހަމަޖެހިފައި އޮތީ 21 ނޮވެމްބަރުން ފެށިގެން 31 ޑިސެމްބަރަށް
ރާއްޖެއެމްވީ
ހިތާނުކުރުން
ހިތާނީ މޫސުމަށް ނަންނޯޓުކުރަން ހުޅުވާލަނީ
ނަންނޯޓު ކުރަން ހުޅުވާލަނީ 15 ސެޕްޓެމްބަރުގަ
ނަންނޯޓު ކުރުމުގެ ފަހު ދުވަހަކީ 30 ސެޕްޓެމްބަރު
އިތުރު މައުލޫމާތު ދަރުމަވަންތަ ހޮސްޕިޓަލްގެ ސަރޖަރީ ކައުންޓަރުން ލިބޭނެ

މިއަހަރުގެ ހިތާނީ މޫސުމުގައި ހިތާނު ކުރުމަށް ނަންނޯޓުކުރުމުގެ ފުރުސަތު 15 ސެޕްޓެމްބަރު 2019 ގައި ހުޅުވާލާނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

ފަނަރަ ދުވަހުގެ މުއްދަތަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާއިރު، ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 30 ސެޕްޓެމްބަރު 2019ކެވެ. ހިތާނުކުރުމަށް ބޭނުންވާ ފަރާތްތަކުން އިތުރު މައުލޫމާތު ބޭނުންވާނަމަ ދަރުމަވަންތަ ހޮސްޕިޓަލްގެ ސަރޖަރީ ކައުންޓަރުން މައުލޫމާތު ލިބޭނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

Advertisement

ސަރޖަރީ ކައުންޓަރުގެ ނަމްބަރު 3335300 އަށް ކޮންމެ ދުވަހެއްގެ 08:00 އިން ހަވީރު 04:00 އަށް ގުޅާ މައުލޫމާތު އޮޅުން ފިލުވޭނެއެވެ.

މިއަހަރުގެ ހިތާނުކުރުން ހަމަޖެހިފައި އޮތީ 21 ނޮވެމްބަރުން ފެށިގެން 31 ޑިސެމްބަރަށެވެ. އާދިއްތަ، ބުދަ އަދި ބަނދުނޫން ކޮންމެ ދުވަހަކު ނަންނޯޓު ކޮށްފައިވާ ތަރުތީބުން ދުވާލަކަށް 15 ޖާގަ ދޫކުރެވޭނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް