Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2019 | އާދީއްތަ 12:58
ފިނޭންސްް މިނިސްޓްރީ
ފިނޭންސްް މިނިސްޓްރީ
މުހައްމަދު ޝަރުހާން
ފިނޭންސް މިނިސްޓްރީ
ސަރުކާރު މުއައްޒަފުންގެ އެލަވަންސްތައް އެއް ހަމަކުރަނީ
ސަރުކާރު މުއައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑަށް އަންނަ އަހަރުން ފެށިގެން އަމަލު ކުރާނެ

ސަރުކާރު މުއައްޒަފުންގެ އެލަވަންސްތަކާއި އެލަވަންސްތަކުގެ މިންގަނޑުތަކާއި ހަމަތައް އެއްހަމަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މުއައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ސިޔާސަތުތަކާއި ހަމަތަކާއި އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ ޕޭ ކޮމިޝަނުން ނެރެފައިވާ ސަރކިއުލާގައި ބުނެފައިވަނީ ސަރުކާރު މުއައްޒަފުންގެ އެލަވަންސްތަކާއި ގުޅޭ މައުލޫމާތު މުސާރައިގެ އޮނިގަނޑާއި އެކު އާންމު ކުރާނެ ކަމަށެވެ.

Advertisement

އެ ސަރކިުލާގައި ބުނެފައިވަނީ ދައުލަތުގައި ހިމެނޭކަމަށް ފާހަގަ ކުރެވިފައިވާ 96 ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ. އެއިން ކޮންމެ ފަންނެއްގެ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތަކާއި ބެހޭގޮތުން ވަކިވަކިން އެފަންނުތަކުގެ މުއައްޒަފުންތަކާއެކުގައި ތަފާތު އިދާރާތަކުގައި މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން ބޭނުންވާތީ ޕޭ ކޮމިޝަނުން ކުރިއަށްދާކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.

ކޮންމެ ފަންނެއްގެ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތައް ކަނޑައެޅުމަށްފަހު ކޮންމެ ފަންނެއްގެ މުސާރަތައް ހިމެނޭ ގޮތަށް މުސާރައިގެ އާ އޮނިގަނޑު ކޮމިޝަނުން އެކުލަވާލައި އަންނަ އަހަރު އެކޮމިޝަނުން އެއަށް އަމަލު ކުރުމަށް ވަނީ ނިންމާފައި ކަަމަށެވެ. އަދި އެކޮމިޝަންގެ މަސައްކަތް ހަލުވި ކުރުމަށް މޯލްޑިވްސް ޕަބްލިކް ސަރވިސް ޖޮބް ފެމެލީ މޮޑެލްގައި މިހާރު ހިމެނޭ ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތަކާއި ބެހޭ މައުލޫމާތާއި އިސްލާހު ކުރުމަށް ހުށައެޅި މައުލޫމާތުގެ ދެލިކޮޕީތައް މިމަހުގެ 19އިގެ ކުރިން އެކޮމިޝަނަށް ހުށައެޅުމަށް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް