Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2019 | އާދީއްތަ 13:01
ސްރީލަންކާގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
ސްރީލަންކާގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
މިނިސްޓަރ ނަހުލާ
މިނިސްޓަރ ނަހުލާ ލަންކާގެ ކުރީގެ ރައީސާއި ބައްދަލުކުރައްވައިފި
ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާކުރެއްވި

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސް އާއި ބައްދަލުކުރައްވައިފިއެވެ.

2018 ވަނަ އަހަރުން ފެށިގެން ސްރީލަންކާ ސަރުކާރުގެ އިދިކޮޅު ޕާޓީގެ ލީޑަރަކަށް ހުންނަވާ ރާޖަޕަކްސަގެ ރަސްމީ ޓްވިޓްރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ އާއި ޑެޕިއުޓީ މިނިސްޓަރ ހަމަދް އަބްދުލް ޢަނީ އިހްތިރާމްގެ ޒިޔާރަތެއް ކޮށްފައިވާކަމަށާއި ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެވޭނެކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ. ނަމަވެސް ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

Advertisement

އޭގެއިތުރުން މިނިސްޓަރގެ މި ދަތުރުފުޅާގުޅޭ މައުލޫމާތު މިނިސްޓްރީންވެސް ހާމަކޮށްފައެއް ނުވެ އެވެ.

ލަންކާއަކީ ސިވިލް އޭވިއޭޝަންގެ ދާއިރާއިން އެތަށް ދިވެހިންނެއް ތަމްރީން ހޯދަމުން އަންނަ ޤައުމެކެވެ.

މިނިސްޓަރ ނަހުލާ ވަނީ ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް