Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 19:58
މިނިސްޓަރ މާރިޔާ އަދި ހުސްނުއް ސުއޫދު
މިނިސްޓަރ މާރިޔާ އަދި ހުސްނުއް ސުއޫދު
މިނިސްޓްރީ އޮފް ޑިފެންސް
މިނިސްޓްރީ އޮފް ޑިފެންސް
ޑިފެންސް މިނިސްޓަރ މާރިޔާ އާއި އެމްއެންޑީއެފްގެ އިސްވެރިން، ހުސްނުއް ސުއޫދުއާއި ބައްދަލުކުރައްވައިފި
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ނެރުން އިންޓެރިމް ރިޕޯޓާމެދު މަޝްވަރާކުރެއްވި
ވަޔަލެންޓް އެކްސްޓްރީމިޒަމް ރާއްޖޭގައި ހިނގާކަމީ، އެބޭފުޅުން އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމުގައި ފާހަގަކުރެއްވި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަންގެ ރައީސް ޙުސްނުއް ސުޢޫދް އަދި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެ އިސްވެރިން ބައްދަލުކުރައްވައިފިއެވެ.

Advertisement

ހޮނިހިރު ދުވަހު ޑިފެންސް މިނިސްޓްރީގައި އޮތް މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޑިފެންސާއި ޤައުމީ ދިފާޢީ ބާރުގެ އެންމެ އިސްވެރިންވަނީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ނެރުއްވާފައިވާ އިންޓެރިމް ރިޕޯޓާމެދު މަޝްވަރާކުރައްވާފައެވެ. އަދި، ހައްދުފަހަނައަޅާދިޔުމާއި ވަޔަލެންޓް އެކްސްޓްރީމިޒަމްގެ ޢަމަލުތައް ދިވެހިރާއްޖޭގައި ހިނގާކަމީ، އެބޭފުޅުން އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ.

ޑިފެންސް މިނިސްޓްރީގައި އޮތް މި ބައްދަލުކުރެއްވުމުގެ ތެރެއިން

މިފަދަ ކަންކަމަކީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ޤައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށްވާތީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ކަމާބެހޭ ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ޞުލްޙަވެރި، އަމާން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ "ޕޮލިސީ އޮފް ޒީރޯ ޓޮލެރަންސް އޮން ޓެރަރިޒަމް" ތަންފީޒުކުރުމަށްޓަކައި، މިހާރުން މިހާރަށްވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމުގެ ޔަޤީންކަން ޑިފެންސް މިނިސްޓްރީން އަރުވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް