Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 18:43
ލޯންޗް ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ހޮނިހިރު ދުވަހު ހަވީރު 5:30 ހާއިރު
ލޯންޗް ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ހޮނިހިރު ދުވަހު ހަވީރު 5:30 ހާއިރު
އެމްއެންޑީއެފް
ލޯންޗް ދިޔަވުން
ކާށިދޫ ކަނޑުގައި ދިޔަވަމުންދިޔަ ލޯންޗެއް ރައްކާތެރިކަމާއެކު ކާށިދޫއަށް ގެންގޮސްފި
ލޯންޗް ދަތުރު ކުރަމުން ދިޔައީ ކާށިދޫގެ އުތުރުން ހަތް ނޯޓިކަލް މޭލު ބޭރުން
ލޯންޗް ދަތުރު ކުރަމުން ދިޔައީ 20 މީހުންނާ އެކު
ލޯންޗް ދަތުރު ކުރަމުން ދިޔައީ ހިންނަވަރުން ފުރައިގެން މާލެ އަށް

ކާށިދޫ ކަނޑުގައި ދިޔަވަމުން ދިޔަ ލޯނޗެއް އެމްއެންޑީއެފް އިން ރައްކާތެރިކަމާއެކު ކާށިދޫއަށް ވައްދައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ދިޔަ ވަމުން ދިޔަ ލޯންޗް ސީ އެންބިއުލައިންސާ އެކު ރައްކަތެރިކޮށް ކާށިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

Advertisement

މި ލޯންޗް ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ހޮނިހިރު ދުވަހު ހަވީރު 5:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެމްއެންޑީއެފް އިން އިތުރަށް މައުލޫމާތު ދޭގޮތުގައި ލޯންޗް ދަތުރުކުރަމުން ދިޔައީ ޅ. ހިންނަވަރުން ފުރައިގެން މާލެ އަށެވެ. ލޯންޗްގައި 20 މީހުން ތިބި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

"ކޮމްޕަސް" ނަމަކަށް ކިޔާ މި ލޯންޗް ދަތުރުކުރަމުން ދިޔައީ ކާށިދޫގެ އުތުރުން ހަތް ނޯޓިކަލް މޭލު ބޭރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް