Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 18:48
އިންޑިއާއިން ހަނދަށް ފޮނުވި ޖައްވީ އުޅަނދު، ޗަންދަރަޔަން 2
އިންޑިއާއިން ހަނދަށް ފޮނުވި ޖައްވީ އުޅަނދު، ޗަންދަރަޔަން 2
ބީބީސީ
ޗަންދަރަޔަން 2
"ޗަންދަރަޔަން 2" ހަނދަށް ފޮނުވުމަކީ ތާރީހުގައި ލިޔެވިގެންދާނެ ކަމެއް: ރައީސް ސޯލިހު
އެފަދަ ކަމެއް ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރައްވާފައިވޭ
އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި އައިއެސްއާރްއޯ އިން ކުރި މިންނެތް މަސައްކަތަށް ރައީސް ވަނީ ތައުރީފު ކުރައްވާފަ
ހަނދަށް ޖައްސަން ކުޑަ ހިނދުކޮޅަކަށް ވެފައިވަނިކޮށް ޗަންދަރަޔަން 2 ގެ ކަނެކްޝަން ވަނީ ކެނޑިފަ

އިންޑިއާއިން ޖައްވީ އުޅަނދު "ޗަންދަރަޔަން 2" ހަނދަށް ފޮނުވުމަކީ ތާރީހުގައި ލިޔެވިގެންދާނެ ކަމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ސޯލިހު ވަނީ މިކަމާއި ގުޅިގެން، ހޮނިހިރު ދުވަހު ޓްވީޓެއް ކުރައްވާފައެވެ. އެކަން ކޮންމެ ގޮތަކަށް ނިމިގެންދިޔަކަމުގައި ވިޔަސް އެފަދަ ކަމެއް ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރައްވާފައިވެއެވެ.

އެކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިންޑިއަން ސްޕޭސް ރިސާރޗް އޮގަނައިޒޭޝަން (އައިއެސްއާރްއޯ) އިން ކުރި މިންނެތް މަސައްކަތަށް ރައީސް ވަނީ ތައުރީފު ކުރައްވާފައެވެ.

ހަނދުގެ ސައުތް ޕޯލްއަށް ޖައްސަން ކުޑަ ހިނދުކޮޅަކަށް ވެފައިވަނިކޮށް ޗަންދަރަޔަން 2 ގެ ކަނެކްޝަން ވަނީ ކެނޑިފައެވެ. އަދި އެ އުޅަނދަށް ވީނުވީއެއް އަދި އެނގިފައެއް ނުވެއެވެ.

އެ އުޅަނދު ހަނދަށް ޖެއްސިނަމަ އިންޑިއާ ވެގެންދާނީ ހަނދަށް ޖައްވީ އުޅަނދެއް ޖެއްސިކަމުގެ ފަހުރު ލިބޭ ހަތަރުވަނަ ގައުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް