Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 17:39
ސްވީޕް 2019 ގެ ތެރެއިން
ސްވީޕް 2019 ގެ ތެރެއިން
ޖެންޑާ މިނިސްޓްރީ
ޖެންޑަރ މިނިސްޓްރީ
އަންހެނުންގެ އިޤުތިޞާދީ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް : މިނިސްޓަރ ޝިދާތާ
ޝިދާތާ ވިދާޅުވީ ދިވެހިރާއްޖޭގެ އިޤުތިޞާދުގައި އެންމެ މުހިންމު ދެ ޞިނާޢަތަކީ ފަތުރުވެރިކަމާއި މަސްވެރިކަން ކަމަށް
ސަރުކާރުން މަސައްކަތްކުރަމުން ދަނީ މި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ކަމަށް ވިދާޅުވި
އިޤުތިޞާދާ ގުޅުން ހުރި ސިޔާސަތުތައް އެކުލަވައިލުމުގައި އަދި ތަންފީޒުކުރުމުގެ މަރުޙަލާގައި އަންހެނުންގެ ދައުރު މުހިންމު ކަމަށް ވިދާޅުވި

ވިޔަފާރީގެ ފަހި ފުރުޞަތުތައް ތަނަވަސް ކޮށްދީގެން އަންހެނުންގެ އިޤުތިޞާދީ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމުގައިވާ ޖަބަލްޕޫރްގައި މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓަރޕްރިނިއާސް (އެމް.އޭ.ވީ.އީ)އިން ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހަށް ކުރިއަށް ގެންދާ ސަސްޓެއިނަބަލް ގްރޯތު އޮފް ވިމެން އޮންޓަރޕްރިނިއަރސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން (ސްވީޕް) 2019 އިވެންޓުގެ އިފުތިތާހީ ޖަލްސާގައި ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ދިވެހިރާއްޖޭގެ އިޤުތިޞާދުގައި އެންމެ މުހިންމު ދެ ޞިނާޢަތަކީ ފަތުރުވެރިކަމާއި މަސްވެރިކަން ކަމަށާއި، ސަރުކާރުން މަސައްކަތްކުރަމުން ދަނީ މި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ކަމަށެވެ.

އިޤުތިޞާދާ ގުޅުން ހުރި ސިޔާސަތުތައް އެކުލަވައިލުމުގައި އަދި ތަންފީޒުކުރުމުގެ މަރުޙަލާގައި އަންހެނުންގެ ދައުރު މުހިންމު ކަމަށް ވިދާޅުވެ، ވިޔަފާރިއާއި އިޤުތިޞާދީ ކަންކަމާ ގުޅުން ހުރި ވުޒާރާގެ ސިޔާސަތުތައް ކަނޑައަޅާ އެންމެ އިސް މަޤާމުތަކުގައި އަންހެނުން ތިއްބެވި ކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ.

އަންހެން ވިޔަފާރިވެރިން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވާ ކަމަށާއި، ވަކިން ޚާއްޞަ ގޮތެއްގައި އަތޮޅުތެރޭގައި ދިރިއުޅޭ އަންހެނުންނަށް ލުއި ލޯނާއި މޯބައިލް ބޭންކިންގގެ ޚިދުމަތް ލިބޭނެ މަގު ފަހި ކޮށްދިނުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ކަމުގައި މިނިސްޓްރީން އަދާކުރަމުން ގެންދާ ދައުރު ބަޔާންކޮށްދެއްވައި، އަންހެނުން އިޤުތިޞާދީ ގޮތުން ބާރުވެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ޖެންޑަރ އިކުއަލިޓީ ޕޮލިސީއާއި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ވުޖޫދަށް އައުމުގެ މަރުޙަލާގައި އޮތް ކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ.

Advertisement

އެ ކަމުގެ ސަބަބުން ޤައުމުގެ އިޤުތިޞާދީ ތަރައްޤީގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތެއް ފަހިވެ، އިޤުތިޞާދީ ބައިވެރިވުމާއި ބާރުވެރިކަމުގައި އަންހެނުންނާއި ފިރިހެނުންނަށް އެއް ހަމައެއްގައި ފައިދާކުރާނެ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ސްވީޕް 2019 އިވެންޓުގައި ދިވެހިރާއްޖޭގެ 21 މެންބަރުން ހިމެނޭ އަންހެނުންގެ ވަފުދެއް ތަމްސީލުކުރާ އިރު، މި ވަފުދުގެ އެންމެ އިސް ފަރާތަކީ މިނިސްޓަރ ޝިދާތާއެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް އެމްއޭވީއީ އެޗީވްމަންޓް އެވޯޑުގައި ވެސް އެ ކަމަނާ ބައިވެރިވެވަޑައިގެންފައިވެއެވެ.

މި އިވެންޓުގެ އިތުރުން އޮގަސްޓު މަހުގެ 30ން ސެޕްޓެންބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ ޝިދާތާ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އޯގަސްޓު މަހުގެ 31ން ސެޕްޓެންބަރު މަހުގެ 3ގެ ނިޔަލަށް ނިއު ދިއްލީގައި ކުރިއަށް ދިޔަ ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސްވޯން)ގެ 10ވަނަ ކޮންފަރެންސްގައި ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް