Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 17:04
ޝަމީމް އަދި އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު

މުހައްމަދު ޝަރުހާން
ހުސައިން ޝަމީމް
އޭޖީ ލަފާދެއްވުމުން ފުލުހުންނަށް ސުވާލެއް ނުކުރެވޭނެ :ޝަމީމް
ފުލުހުންގެ އިންޓެލް ދެ އޮފިސަރުން ހައްޔަރު ކޮށްދިނުމަށް އޭޖީ އެދުނު

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަރު ރިލްވާން ސީރިއާ އަށް ދިޔަކަން ދެއްކުމުގެ ގޮތުން އޭނާގެ ޕާސްޕޯޓް ހަދަން މަސައްކަތް ކުރި ދެ އިންޓެލް އޮފިސަރުން ހައްޔަރު ކުރުމަށް އޭޖީ އެދުމުން ފުލުހުންނަށް އެކަމަށް އިތުރު ސުވާލެއް ނުކުރެވޭނެ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރިލްވާން މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި އިންޓެލް ދެ ފުލުހުން ކަމަށްވާ، ކޯޕްރަލް މުޙައްމަދު ޖިނާޙާއި، ކޯޕްރަލް އިބްރާހީމް ރިފްޢަތު ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ކުރިމިނަލް ކޯޓުގައި އެދުމަށް އެޓަރނި ޖެނެރަލް ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ. އެހެން ނަމަވެސް އެ ދެ އޮފިސަރުން ހައްޔަރު ކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

އެކަމާއި ގުޅޭ ގޮތުން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޭކް ޕާސްޕޯޓް ހައްދަން އުޅުނު ދެ ފުލުހުންނާއި މެދު ޕީނަލް ކޯޑުގެ 310 މާއްދާގެ ދަށުން ތަހުގީގު ކުރެވެން ޖެހޭ ކަމަށާއި، ފިޔަވަޅު އެޅުމަށް އެކަށީގެންވާ ވަރަށް ހެކި އެބަހުރި ކަމަށެވެ.

ޝަމީމް ވިދާޅުވީ، އެޓަރނި ޖެނެރަލް ކަމަކަށް އެދުމުން ކޮމިޝަނަރ އޮފް ޕޮލިސް އަށް އިތުުރު ސުވާލެއް ނުއުފެއްދޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 ސެޕްޓެންބަރ 2019 | ބުދަ 15:33
މުހައްމަދު
ދެފުލުހުން ހައްޔަރުކުރުމަށް ހުރަހެއް އޮތްކަަށް ނުދެކެން. އެކަމަކު އިސްވެ އޭޖީ އިން ފުލުހުންނަން އެންގުން އެހާ ރަގަޅުކަމަށް ނުދެކެން. ޕީޖީ އިނ ްްްްް އެދުނު ނަމަ ރަގަޅު. ޖިނާއީ އިޖުރާ އަތު އޮތް ގޮތުން މީހުން ހައްޔަރު ކުރުމުން ތަހްޤީޤ ް ކުރމުގެ މުއްދަތު ނުވަތަ ދައުވާކުރުމުގެ މުއްދަތު ކަނޑައެޅިގެން ދާތީ އެކަން ފުލުހުން ހައްޔަރު ކޮށްގެން ތަހްޤީޤް ކުރާ މައްސަލަތަކައް ވުރެ ހައްޔަރު ނުކޮށް ކުރިއަށް ގެންދާ މައްސަލަތަކުގެ ފެންވަރު ރަގަޅު ވާނެކަމަށް ދެކެން. ޝަރީއަތަށް ސާބިތުކުރެވޭ ވަރަށް ހެކި ހޯދުމަށްފަހު ހައްޔަރުކުރަން ޖެހޭ ފަރާތްތައް ހައްޔަރުކުރުމަކީ އެންމެ ރަގަޅު ގޮތް ކަމުގައިވެސް ދެކެން.

11 ސެޕްޓެންބަރ 2019 | ބުދަ 15:22
މުހައްމަދު
ޢެހެންވީމަ ސީޕީ އެއް ހޯމް މިނިސްޓަރެއް ޕީޖީ އެއް ހުންނާނެކަމެއް ނެތް. ޢޭޖީ އެކަނި ހުރީމަ ނިމުނީ. ޭ
7 ސެޕްޓެންބަރ 2019 | ހޮނިހިރު 18:39
ހެއްރަބެ
ރާއްޖޭގައި ހިންގާ ބޮޑެތި ގިނަ ޖަރީމާތަކުގެ ފަހަތުގައި ތިބެނީ ފުލުހުންނަށް ވުމުން އެކަންކަން ތަހްޤީގްކުރާނީ ފަހެ ކިހިނެތް؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟މި އީ ޤައުމެއްްގެ ހަލާކު!!!!!