Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 13:44
ވާރކްޝޮޕްގައި މެމްބަރު ސަލީމް ވާހަކަފުޅު ދައްކަވަނީ
ވާރކްޝޮޕްގައި މެމްބަރު ސަލީމް ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ހޯރަފުށީގެ ތަރައްގީ ޕްލޭން
ތަރައްގީ އަކީ އެ ރަށަކުން އުފަންވާ އެއްޗެއް: މެމްބަރު ސަލީމް
ހޯރަފުއްޓަކީ ދަރިންނަށް ތައުލީމު ދިނުމަށަށް ނަމޫނާ ރަށެއް
ތަރައްގީއަކީ ރައްޔިތުން އެރަށަކާ މެދު ދެކޭ ގޮތުން ގެނެވޭ އެއްޗެއް

ތަރައްގީ އަކީ އެ ރަށަކުން އުފަންވާ އެއްޗެއް ކަމަށާއި، ސަރުކާރަކުން ރައްޔިތުންނާ ހަމައަށް ގެނެސްދޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވާރކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި މެމްބަރު ސަލީމް ވިދާޅުވީ ހޯރަފުއްޓަކީ ދަރިންނަށް ތައުލީމު ދިނުމަށާއި، ދަރިންނަށް އުނގަންނައި ދިނުމަށާއި، ދަރިން މީހުންނަށް ހެދުމަށް ވަރަށް މަސައްކަތް ކުރި އަދި މިހާރު ވެސް މަސައްކަތް ކުރަމުންދާ މައިންބަފައިން އެކުލެވޭ ރަށެއް ކަމަށެވެ. އަދި އެލިބުނު ތައުލީމާއި، ލިބެމުންދާ ތައުލީމުގެ ތެރެއިން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރަންޖެހޭކަން މެމްބަރު ފާހަގަކުރެއްވިއެވެ.

Advertisement

ރަށުގެ ތަރައްގީއަށް އަލިއަޅުއްވާލައްވާ މެމްބަރު ސަލީމް ވިދާޅުވީ މީގެ ކުރިން ގަބޫލުކުރެވިފައި އޮންނަނީ ތަރައްގީގެ ޕްލޭން އަކީ އަބަދު ވެސް އެއިރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންނާ ހަމައަށް ގެނެސްދޭ އެއްޗެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ހަގީގަތުގައި ތަރައްގީ އަކީ އެ ރަށަކުން އުފަންވާ އެއްޗެއް ކަމަށާއި، އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތެއް އެރަށެއްގެ ރައްޔިތުން އެރަށަކާ މެދު ދެކޭ ގޮތުން ގެނެވޭ އެއްޗެއް ކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ.

އަޅުގަނޑުމެން މި އުންމީދުކުރަނީ ހޯރަފުށީގެ ރައްޔިތުން ނިންމާނެ ކަމަށް ކުރިއަށް އޮތް 10 އަހަރު އޮންނަނީ ކިހިނެތްކަން. އޮންނަން ބޭނުންވަނީ ކިހިނެތްކަން. އަދި އެފަދަ ޕްލޭނެއް އެކުލަވާލެވި، ކުރެހުންތައް އަޅުގަނޑުމެންނަށް ތައްޔާރުކުރެވި އެފަދަ މުހިންމު ދާއިރާތައް އަޅުގަނޑުމެންނަށް ކަނޑައެޅި ސަރުކާރަށް ހުށަހެޅިއްޖެ ކަމުގައި ވަނީ ނަމަ ސަރުކާރަށް ކިތަންމެ ތަނަކުން ފަސޭހަވެގެންދާނެ ކަންކަން ކުރަންވީ ގޮތް. އަދި ކަންކަން ކުރަމަށް ވަސީލަތްތައް ހޯދާނެ ގޮތްތައް މިއީ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ދެކެނީ.
މެމްބަރު ސަލީމް ވިދާޅުވި

މެމްބަރު ސަލީމް ވިދާޅުވީ ހޯރަފުށީ ކައުންސިލުން އިސްނަންގަވާ މި ދެއްކެވި ނަމޫނާ ވަރަށް އުފަލާއެކު ބަލައިގަން ކަމަށާއި، ރައްޔިތުންނަށް ޕްލޭންތައް އެކުލަވާލުވުމުގައި އިސްނަގަންޖެހޭނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.

ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވާރކްޝޮޕްއާ ބެހޭ ގޮތުން އިތުރަށް މެމްބަރު ސަލީމް ވިދާޅުވީ ރަށުގެ ސާރވޭތައް ހެދި ގިނަ ފަރާތްތަކާއި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ވޯކްޝޮޕެއްގެ ގޮތުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ މަޝްވަރާ ކުރެވި އުފަންވާ ހިޔާލުތަކަކުން އަދި އިތުރަށް ޕްލޭން ފުރިހަމަ ވެގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 ސެޕްޓެންބަރ 2019 | ހޮނިހިރު 17:51
ޢަހްމަދު
ރައްޔިތުންނާ މަޝްވަރާނުކުރޭ، ހުރި ޖަހާލައިފަ ވަކިބަޔަކަށް މަޝްވަރާ ކޮށްފަ ރައްޔިތުންނޭ ނުބުނެވޭނެ،!