Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2019 | ހުކުރު 16:43
ގއ.ކޮނޑޭ
ގއ.ކޮނޑޭ
ގޫގުލް
ގއ.ކޮނޑޭ
ކޮނޑޭގައި ގެ އިމާރާތް ކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި
ފޯމް ހުށަހަޅަން ޖެހޭނީ މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގއ.ކޮނޑޭގެ ގޯތިތަކުގައި ގެ އިމާރާތް ކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ކޮނޑޭ ކައުންސިލުން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން އަތޮޅުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ ދަށުން އިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ގެ އިމާރާތް ކޮށް ދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މުއްދަތު ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ 14:00 އަށް އިތުރު ކުރެވިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

Advertisement

މި ކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް އެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ރަސްމީ ގަޑީގައި ކައުންސިލް ކައުންޓަރުން ފޯމް ދޫކުރާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް