Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2019 | ހުކުރު 13:09
ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސަޑަރު އުމަރު އަބްދުއްރައްޒާގު
ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސަޑަރު އުމަރު އަބްދުއްރައްޒާގު
ރާއްޖެއެމްވީ
ފަލަސުރުހީ
ލަންކާއާއެކު ވެވުނު އެއްބަސްވުންތަކުން އެންމެ ބޮޑު ލުޔެއް ލިބޭނީ ދިވެހި ދަރިވަރުންނަށް: ދިވެހި ސަފީރު
ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައި
ލަންކާގެ ކޮލެޖް ޔުނިވަސިޓީތަކުން ދިވެހިންނަށް ޚާއްސަ ފުރުސަތުތަކެއް ލިބޭނެ
ވިސާ ލުއި ފަސޭހަކަން ލިބޭނެ

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ވެވުނު މުހިންމު އެބަސްވުންތަކުގެ ތެރެއިން އެންމެ ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނީ ލަންކާގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް ކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގު ވިދާޅުވީ ރާއްޖެއާ ލަންކާގެ އޮތީ ޒަމާންވީ ގާތްގުޅުމެއް ކަމަށާއި، މިހާރު މިގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވެފައިވާ ކަމަށެވެ. ސަފީރު ވިދާޅުވީ ފޮރިންގ މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިރުޝާދުގެ ދަށުން އަބަދުވެސް މަސައްކަތް ކުރަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެކުގައި ކުރެވޭނެ މަސައްކަތްތައް ފުޅާ ކުރުމަށް ކަމަށެވެ.

Advertisement

ސަފީރު ވިދާޅުވީ ރާއްޖޭއާއި ލަންކާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ތެރެއިން އެންމެ ބޮޑު ލުޔެއް ލިބެގެންދާނީ ލަންކާގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނާއި އާއިލާތަކަށް ކަމަށެވެ. އެގޮތުން ވިސާގެ ލުއި ފަސޭހަތާކާއި، ލަންކާގެ ކޮލެޖް ޔުނިވަސިޓީތަކުން ދިވެހިންނަށް ޚާއްސަ ފުރުސަތުތަކެއް ހަމަޖައްސައިދީފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ލަންކާ އާއި ރާއްޖޭގެ ވިސާ އެގްރިމެންޓަށް އަލިއަޅުއްވާލައްވާ ސަފީރު ވިދާޅުވީ މީގެ ކުރިން ލަންކާއަށް ފަތުރުވެރިން ދިއުމަށް ލިބެނީ 30 ދުވަސް އޮންއެރައިވަލް ވިސާ ކަމަށާއި، އެގްރިމެންޓްގެ ދަށުން މިހާރު 90 ދުވަސް ލިބޭ ކަމަށެވެ. އަދި ވިދާޅުވީ މިހާރު މިއޮންނަ އެގްރިމެންޓްގެ ދަށުން ވިހޭއްސުރެ 18 އަހަރު ވަންދެން މަންމަ އަދި ބައްޕައަށް ގާޑިއަން ވިސާ ލިބޭ ކަމަށާއި، މަންމަ ބައްޕަ ނެތިއްޔާ އެހެން ބޭފުޅަކަށް އެވިސާ ލިބޭނެ ކަމަށެވެ. މާމާ ކާފަ ވިސާ ވަރަށް ޚާއްސަ ގޮތަކަށް ލަންކާ ސަރުކާރުން ދިވެހި ރައްޔިތުންނަށް ހަމަޖައްސާދީފައިވާ ވިސާއެއްކަން ސަފީރުފާހަގަކުރެއްވިއެވެ.

މިހާރު އޮންނަ ގޮތުން ސްޓޫޑެންޓް ވިސާއަށް މިލިބެނީ 5 އަހަރާއި، 16 އަހަރާ ދޭތެރޭގައި ފިރިހެން ކުއްޖަކަށް. އަންހެން ކުއްޖަކަށް ލިބެނީ 5 އަހަރާއި 18 އަހަރުގެ ދެމެދުގެ ޕޭރަންޓުންނަށް ގާޑިއަން ވިސާ މިލިބެނީ. ސްޓޫޑެންޓް ވިސާ މިލިބެނީ މިއަހަރުތަކުގެ ތެރޭގައި. ދެން ގާޑިއަން ވިސާ ލިބެން އެބޭފުޅުން މަޑު ކުރަންޖެހޭ ދަރިފުޅަށް 5 އަހަރު ވަންދެން. މިހާރު މިއޮންނަ އެގްރިމެންޓްގެ ދަށުން ވިހޭއްސުރެ 18 އަހަރު ވަންދެން މަންމަ އަދި ބައްޕައަށް ގާޑިއަން ވިސާ ލިބޭނެ.
ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގް

ސަފީރު އަބްދުލްރައްޒާގު ވިދާޅުވީ ލަންކާގެ ޕްރައިވެޓް ކޮލެޖްތަކުގައި ދިވެހި ގިނަ ކުދިން ކިޔަވަމުންދާ ކަމަށާއި، ލަންކާގެ ސްޓޭޓް 16 ޔުނިވަސިޓީ ޖާގަ ލިބުން ވަރަށް ދަތި ކަމަށެވެ. އެއީ 7000 ޖާގަ ހުންނަތަނަކަށް 70،000 ކުދިން އެޕްލައި ކުރާތީ އެދަތިކަން ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިމައްސަލައަށް ހައްލު ހޯދުމަށް މިހާރު 16 ޔުނިވަސިޓީން ދިވެހި ކުދިންނަށް ވަކި ވަރަކަށް ފުރުސަތު ދިނުމަށް ޚާއްސަ ޖާގަތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

ސަފީރު ވިދާޅުވީ މިހާރުގެ މިއުސޫލުން ދިވެހި ކުދިން ވާދަކުރަންޖެހޭނީ ދިވެހި ކުދިންނާ ކަމަށާއި، މިޔުނިވަސިޓީތަކުން ފުރުސަތު ހޯދުމަށް ފަސޭހަވެގެންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 ސެޕްޓެންބަރ 2019 | ހޮނިހިރު 07:22
ޔުމްނާ
75ޑޮލަރު އެއީވަރަބޮޑު އަދަދެއް ....
6 ސެޕްޓެންބަރ 2019 | ހުކުރު 16:12
2ފގ
ވިސާ ކަންތައް އިހުނަށްވުރެ އުނދަގޫ.. ސޯސަންވިލާގަ ހުކުރު ނަމާދެއް، ޢީދު ނަމާދެއް ނުކުރެވޭ.. ކުރިން މެޑިކަލް ހަދާކަށް ނުޖެހޭ ވިސާ ނަގަާކަށް.. އެކަމަކު މިހާރު 75 ޑޮލަރު ދީފަ މެޑިކަލް ހަދަންޖެހޭ.. މި ކަންކަން ރަނގަޅުވާން ޖެހޭ ދެއްތޯ؟؟؟