Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2019 | ހުކުރު 11:08
ބާ ކައުންސިލް މެމްބަރުން
ބާ ކައުންސިލް މެމްބަރުން
ޝުއައިބް މުހައްމަދު އިގްބާލް
ާބާ ކައުންސިލް
ޝުޖޫން އިސްތިއުފާދެއްވި މަގާމަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު މިމަހުގެ 28 ގައި
ޝުޖޫން ބާކައުންސިލްގެ މެމްބަރުކަމުން އިސްޔިއުފާ ދެއްވީ ބުދަ ދުވަހު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްުޔަންކުރެއްވި އާއިޝާ ޝުޖޫން މުހައްމަދު ބާ ކައުންސިލްގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަގާމަށް މެމްބަރަކު ނެގުމަށް ބާއްވާ "ބައި އިލެކްޝަން" މިމަހުގެ 28 ގައި ބޭއްވުމަށް އެކައުންސިލުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ މެމްބަރުކަމުން ޝުޖޫން އިސްތިއުފާ ދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާއި ގުޅިގެން މިދިޔަ ބުދަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ބާ ކައުންސިލް އިން އިންތިޚާބު ބާއްވަން އެދިފައިވާ ތާރީޚުގައި އިންތިޚާބު ބޭއްވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ މަސައްކަތް އެކޮމިޝަނުން ކުރަމުން ދާކަމަށެވެ.

Advertisement

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވަނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވެސް ނަގަނީ ވަކީލުންގެ މެދުގައި ބާއްވާ އިންތިޚާބަކުންނެވެ.

ބާކައުންސިލް އުފެއްދުމަށްފަހު އެކައުންސިލަށް ރައީސާއި ނައިބު ރައީސް އަދި މެމްބަރުން ހޮވުމަށް އިންތިޚާބު ބާއްވާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް