Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 23:24
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
ފްލޭނިން މިނިސްޓްރީ
ފެލިދޫ ބަނދަރު ބޮޑުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
މިމަޝްރޫއަށް 18.5 މިލިއަން ރުފިޔާ ހަރަދުވޭ
މިމަސައްކަތް ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

ވ.ފެލިދޫ ބަނދަރު ބޮޑުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން .ފެލިދޫ ހާބަރ އެކްސްޓެންޝަން މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް (18،508697.10) އަށާރަ މިލިއަން ފަސްލައްކަ އަށްހާސް ހަސަތޭކަ ނުދިހަ ހަތް ރުފިޔާ ދިހަ ލާރި އަށެވެ.

Advertisement

މިއެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހުއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މިމަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ 61 މީޓަރ ބޭރުތޮށި، 180 މީޓަރ ރިވެޓްމަންޓް 126 މީޓަރ އެއްގަމު ތޮށި، 610 އަކަމީޓަރ ޕޭވްމަންޓް 02 ނެރުބައްތި 08 ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް