Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 19:14
މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ޕޮލިސް
ފުލުހުން
ކޮމިޝަނަރ ހަމީދު، ބިޝާމްއާ ބައްދަލުކުރައްވައިފި
މަޖިލިސް ސެކިއުރިޓީ ކޮމެޓީގެ ބޭފުޅުންނާ ކޮމިޝަނަރ މިރޭ ބައްދަލުކުރައްވާނެ
ގިނަ މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައި

މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއިއެކު ފުލުހުންގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ) އައިޝަތު ބިޝާމްއާ ބައްދަލުކުރައްވައިފިއެވެ.

ފުލުހުން ބުނީ މިބައްދަލުކުރެއްވުމުގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި، މަރުވެފައިވާ މީހުންގެ މައްސަލަތަކުގައި ގެއްލިފައިވާ މައުލޫމާތު ޕީޖީން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީކޮން މައްސަލައެއް ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ އޮންނަ މަޖިލިސް ސެކިއުރިޓީ ކޮމެޓީގެ ބޭފުޅުންނާ ކޮމިޝަނަރ ހަމީދު ބައްދަލުކުރައްވާނެ ކަމަށެވެ.

Advertisement

ކޮމިޝަނަރ ހަމީދު ޕީޖީއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައި މިވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާލި މައްސަލަ ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ރިލްވާން އަށްވީ ގޮތް ހާމަކޮށް، އާންމުކުރި ހުލާސާ ރިޕޯޓާ ގުޅިގެން ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެކަމުގައި އެ އިދާރާގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ކުށެއްވާނަމަ އެ ފަރާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ރިޔާސީ ކޮމިޝަނުން އާންމު ކުރި މައުލޫމާތުގެ ތެރޭގައި ދެ ފުލުހަކާއި ގުޅޭ ގޮތުން ފާހަގަ ކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ފަރާތްތަކުގެ މައްސަލަ އެ އިދާރާގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އިތުރަށް ތަހުގީގުކޮށް ނިންމާ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ރިޔާސި ކޮމިޝަންގެ ރިޕޯޓް އެ އިދާރާއަށް ލިބުމުން މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ޖިނާއި ކުށެއް އޮތްކަމަށް ފެނިއްޖެނަމަ އެ ފަރާތަކައި މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ރިލްވާނުއަށް އިންސާފު ހޯދައިދިނުމަށް އާއިލާއާއި ހެޔޮ އެދޭ ފަރާތްތަކުން އުންމީދުކުރި ހިދުމަތެއް ފޯރުކޮށްދެވިފައިނުވާތީ ފުލުހުން ވަނީ މާފަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް