Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 16:58
މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު 10 އެއް
މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު 10 އެއް
ރާއްޖެ އެމްވީ
މަސްވެރިންގެ ދުވަސް
މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ހުޅުމާލޭގައި
ހުޅުމާލޭގައި ރަސްމިއްޔާތު ބާއްވަން ނިންމީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު

މިއަހަރު މަސްވެރިންގެ ދުވަސް ހުޅުމާލޭގައި ފާހަގަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ބުނީ 10 ޑިސެމްބަރުގައި މަސްވެރިން ދުވަހުގެ ރަސްމިއްޔާތު ހުޅުމާލޭގައި ބޭއްވުމަށް ނިންމީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު، އިހްތިލާފުތަކުގައި އެ ސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތައް ބައިވެރިކުރުވުމުގެ ގޮތުން ކަމަށެވެ.

މިދިޔަ އަހަރު ޤައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގއ. ގެމަނަފުއްޓަށް ވަޑައިގެންފައެވެ.

Advertisement

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގއ. ގެމަނަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ ބާޒާރުގައި މަސް އެކްސްޕޯޓް ކުރުމަށް ފަހި ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށާއި، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި މަސްވެރިކަމަކީ ރާއްޖޭގެ ތިންވަނަ ސިނާއަތް ކަމަށާއި މަސްވެރިކަން ދިރުވާ އާލާ ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭން ޖެހޭ އެއްކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ މަހަށް މިހާރަށް ވުރެ ރަނގަޅު އަގެއް ހޯދައިދިނުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ ކަމެއް ކަމަށާއި އަވަށްޓެރި ބައެއް ޤައުމުތަކުން އެއްވެސް ޑިއުޓީއެއް ނެތި ޔޫރަޕަށް މަސް ބޭރުކުރެވޭއިރު، ރާއްޖެއިން ޔޫރަޕަށް މަސް ބޭރުކުރަނީ 22 ޕަސަންޓްގެ ޑިއުޓީއަކާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ޤާނޫނީ އޮނިގަނޑު މުރާޖައާކޮށް ޒަމާނީ މަސްވެރިކަމެއް ރާއްޖޭގެ މަސްވެރިކަމަށް ގެންނާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވެސް ވިދާޅުވެފައިވެއެވެ. މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބުން ކަމަށާއި އަދި މަސް ގަންނަން ސަރުކާރު ހިއްސާވާ ކުންފުނި މިފްކޯއާއި ކޫއްޑޫގައި އެޤާބިލްކަން ނެތުމަކީ ހިތާމަކުރާ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެން ނަމަވެސް މިކަމަށް ހައްލެއް ހޯއްދައިދެއްވާ މަސްވެރިން ބާނާ މަހަަށް ހަމަ އަގު ހޯއްދަވައިދެއްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް