Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 16:52
އަލީ ހާޝިމް
އަލީ ހާޝިމް
ރައީސް އޮފީސް
އެމްއެމްއޭ
އެމްއެމްއޭގެ ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަނު ކުރުމަށް މަޖިލީހުން ރުހުންދީފި
އަލީ ހާޝިމް އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުންދީފައިވަނީ 55 މެމްބަރުންގެ ވޯޓުން

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

އަލީ ހާޝިމް އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުންދީފައި ވަނީ 55 މެމްބަރުންގެ ވޯޓުންނެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަނު ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމީޓީން ފާސްކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

Advertisement

އަލީ ހާޝިމް އަކީ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ ކަން ކުރެއްވި ބޭފުޅެކެެވެ. 2008 ވަނަ އަހަރުން 2010 ވަނަ އަހަރަށް ރާއްޖޭގެ ފިނޭންސް މިނިސްޓަރުގެ މަގާމު އަަދާކުރައްވާފައިވާ އަލީ ހާޝިމްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނަސީރު ވަނީ މިދިޔަ ޖުލައި މަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް