Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 08:24
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
ރާއްޖެއެމްވީ
ފަލަސުރުހީ
އޮންލައިންކޮށް ތަކެތި ވިއްކާނެ ޕްލެޓް ފޯމެއް ހަދަންޖެހޭ: މެމްބަރު އިކްރާމް
އުފެއްދުންތައް މުޅިރާއްޖެއަށް ނުވަތަ ދުނިޔެއަށް ފޯރުކޮށްދެވޭ ގޮތް ހަދަންޖެހޭ
ރަށްރަށުގެ ކަންމަތީ ވިޔަފާރިތައް މެނޭޖްކުރަންޖެހޭ
ގިނަ ބަޔަކަށް ވިޔަފާރިކުރުމުގެ ފުރުސަތު ލިބޭނެ

ރާއްޖޭގައި ވިޔަފާރިކުރުވައި ގިނަ ބަޔަކަށް ފުރުސަތު ހޯދައިދިނުމަށް އޮންލައިންކޮށް ތަކެތި ވިއްކާނެ ޕްލެޓްފޯމެއް ހަދަންޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު އިކްރާމް ވިދާޅުވީ ރާއްޖެ އޮންނަނީ ރަށްތައް ވަކިވަކިން ޖަޒީރާވަންތަކޮށް ކަމަށްވާތީ އެރަށުގައި މަސައްކަތެއް ކުރިކަމުގައި ވިޔަސް އަދި އެއްޗެއް އުފެއްދިކަމުގައި ވިޔަސް ބާޒާރުގެގޮތުގައި ލިބެނީ އެރަށަށް ކަމަށާއި، އެހެން ގޮތަކަށް ވިޔަފާރިކުރަންޖެހޭ ކަމަށެވެ.

Advertisement

ޗައިނާގެ ވިޔަފާރިއަށް އަލިއަޅުއްވާލައްވާ މެމްބަރު އިކްރާމް ވިދާޅުވީ ޗައިނާގެ އުފެއްދުންތެރިކަން ވަރަށް ބާރުމިނުގައި ކުރިއެރި ދުވަސްވަރު، އަލީ ބާބާ އޮންލައިން ފްލެޓްފޯމެއް ގާއިމްކޮށް މުޅި ދުނިޔެއަށް ބޭނުންވާ މެނިފެކްޗަރިން ކޮންޕެނީތަކުގެ އިތުބާރު ހޯދި ކަމަށެވެ. އަދި އެއީ ޗައިނާ ކުންފުނިތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މެމްބަރު އަކްރަމް ވިދާޅުވީ ރާއްޖޭގައި ޓެކްނޮލޮޖީ ބަޔަކަށް އެނގުނު ނަމަވެސް ނެކްނޮލޮޖީއަށް އަހުލުވެރިނުވާ ކަމަށެވެ. ނަމަވެސް ވިސްނުންތެރިކަމާއެކު މިއުފައްދާ އުފެއްދުންތައް މުޅި ރާއްޖެއަށް ނުވަތަ ދުނިޔެއަށް ފޯރުކޮށްދެވޭ ގޮތް ހަދަންޖެހޭ ކަމަށެވެ.

އެހެންވީމަ ބާޒާރެއްގެ ގޮތުގައި ރާއްޖޭގެ މިރަށްތަކުގައި ވިޔަފާރިވެރިން ނުވަތަ އުފެއްދުންތެރިން އުފައްދަން ފަރާތްތައް މިތިބެނީ އެ ގޮތް ގަބޫލުކޮށްގެން. އެކަމަކު އަޅުގަނޑުމެން އެބަޖެހޭ ވިސްނުންތެރިކަމާއެކު ރަށްރަށުގައި މިއުފައްދާ އުފެއްދުންތައް މުޅި ރާއްޖެއަށް ނޫނީ ރާއްޖެއިން ބޭރަށް ފަސޭހަކާމާއެކު ފޯރުކޮށްދެވޭނެ ބާޒާރެއް އުފައްދަން އެބަޖެހޭ. މިހާރު އެބާޒާރަށް ކަމަށްބަލާނަމަ ދޯންޏަކަށް ލައިގެން ގޮސް ތަނަކަށް ގޮސް ވިއްކިދާނެ. އޭގެ ބަދަލުގައި ވަރަށް ފުރިހަމަ ގޮތުގައި މިސާލަކަށް އަލީ ބާބާ ނަންގަވާ. އެކަހަލަ ގޮތަކަށް މި ވިޔަފާރިތަކަށް މާރކެޓް ކުރެވޭނެ ގޮތް އެބަހަދަންޖެހޭ.
މެމްބަރު އިކްރާމް

މެމްބަރު އިކްރާމް ވިދާޅުވީ ރަށްރަށުގެ ކަންމަތީ ވިޔަފާރިތައް އެންމެ ރަނގަޅު ގޮތުގައި މެނޭޖްނުކުރެވޭ ކަމަށާއި، ވިޔަފާރިތައް ކުރިއަރުވަން ބޭނުންވާނަމަ މެނޭޖްކުރަންޖެހޭ ކަމަށެވެ.

އޭގެ ވިޔަފާރިތައް ސިސްޓަމެއް މެދުވެރިކޮށް ނުވެސް ބަލަހައްޓާ. އެހެންވީމަ އެބަލަހައްޓާ އިރުގައި އެއަށް އެޅޭ އެމައުލޫމާތުތައް އެފްލެޓް ފޯމަށް ވެސް ލިބިގެންދާ މައުލޫމާތަކަށްވެ، އޭގެ ތެރެއިން މުޅި ދުނިޔެއަށް ފެނިގެންދާނެ މައުލޫމާތުތަކަކަށްވާންޖެހޭ . އޭރަށް ވިޔަފާރި ވެސް ބެލެހެއްޓުނީ އަދި ޓެކްސްގެ ނިޒާމަށް މިބޭނުންވާ މައުލޫމާތުތައް ވެސް ތައްޔާރުކުރެވުނީ. އޭރަށް ވިޔަފާރިވެރިޔާއަށް ބޮޑުތަން ފަސޭހަވެގެންދޭ. އެހެންވީމަ އެނިޒާމެއްގެ ތެރެއިން މިހުރިހާ ކަމެއް ފަހިވެގެން ދިއުން
މެމްބަރު އިކްރާމް ވިދާޅުވި

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ރަށު އުފެއްދުންތަކާއި, ރަށު ވިޔަފާރިތައް ރަށު ބަންދުން މިނިވަން ކުރަންޖެހޭ ކަމަށާއި، އެކަމަށް ގަރާރެއް ހުށަހެޅުއްވީ ރައްޔިތުންނަށް ކުރިމަގު ދައްކައިދިނުމުގެ ގޮތުން ކަމަށެވެ.

މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ މިގަރާރުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ލުއި ފަސޭހަތައް ވެގެންދާނެ ކަމަށާއި، ޚާއްސަކޮށް ދުރު، އަތޮޅުތަކުގައި އެކަހެރިކޮށް ތިބޭ ފަރާތްތަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށެވެ. ދުނިޔޭގައި ކުރިއަރާފައި ހުރި އެހެން ގައުމުތަކަށް އަލިއަޅުއްވާލައްވާ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ އޮންލައިންކޮށް އެއްޗެހި ވިއްކާ ވިޔަފާރި ކުރެވޭއިރު، ރާއްޖޭގައި އެފުރުސަތުތައް ގެއްލިފައިވާ ކަމަށެވެ.

ރާއްޖޭގެ އެމްއެމްއޭގެ ގާނޫނާއި ބޭންކްތަކުގެ ގާނޫނު މިހާރު މިކަން ކުރަން ފުރުސަތު މިހާރު ވަނީ ހުޅުވިފައި. ގާނޫނުތަކުގައި ވެސް ފުރުސަތު އެބައޮތް. ދެން އަޅުގަނޑުމެން ޖެހޭނީ މިކަމަށް ސިޔާސަތެއް އެކުލަވާލައި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމާއި، ހިންގާ ވިޔަފާރީގެ ތެރެއަށް މިބަދަލުތައް ގެންނަން އިސްލާހުތަކާއެކު. އެމަގުސަދުގައި.
މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވި

ރާއްޖޭގެ ބޭންކްތަކަށް އަލިއަޅުއްވާލައްވާ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް މިހާރު ހައެއްކަ މީހުންނަށް ލޯން ދޭން ރައްޔިތުން ބޭންކަށް ޖަމާކުރާ އެފަރާތްތަކަށް ދަރަންޏަށް ދޭ ބޭންކަކަށް ވެފައިވާ ކަމަށެވެ. ނަމަވެސް ގްރަމީން ބޭންކުން ދުރު ހިސާބުތަކުގައި ތިބޭ މީހުންނަށް ވިޔަފާރި ކުރުމަށް ބޭނުންވާ މަސައްކަތް ކުރުމަށް ބޭންކް ކުދިކުދި ލޯނުދޫކުރާ ކަމަށާއި، މިއަދު އެއީ 85 މިލިއަންއަށްވުރެ ގިނަ ކަސްޓަމުންނާއެކު ދުނިޔޭގައި އެންމެ ކާމިޔާބު އެއް ބޭންކުކަމަށެވެ. އެހެންކަމުން ރާއްޖޭގައި ވެސް ކަންކަން ކުރާއިރު، ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންކަންކުރާ ގޮތް ބަލަންޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް