Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 18:52
އިންޑިއާ އެމްބަސީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިންޑިއާ އެމްބަސީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
އިންޑިއާ - ރާއްޖެ
އިންޑިއާ އާ އެމްބަސީގެ ބިންގާ އަޅައިފި
ބިންގާ އެޅުއްވީ ޖައިޝަންކަރު
ބިން ދީފައިވަނީ މާޗް މަހު ޝުޝްމާގެ ދަތުރުފުޅުގައި

ހުޅުމާލޭގައި އަޅާ އިންޑިއާގެ އާ އެމްބަސީގެ ބިންގާ އަޅައިފި އެވެ.

Advertisement

ބުދަ ދުވަހު ހުޅުމާލެގައި ބޭއްވި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިންޑިއަން އޯޝަން ކޮންފަރެންސް ގައި ބައިވެރިވުމަށް ރާއްޖެވަޑައިގެން އުޅުއްވާ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަން ޖައިޝަންކަރު އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ. އެ ރަސްމިއްޔާތުގައި އިންޑިއާގެ ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިންޑިއާގެ އެމްބަސީ އެއް އެޅުމަށް ހުޅުމާލެ އިން ބިމެއް ދޫކޮށްފައިވަނީ އިންޑިއާގެ ކުރީގެ އެކްސްޗަރނަލް މިނިސްޓަރު މި އަހަރު މާޗް މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

އިންޑިއާ އެމްބަސީ އެޅުމަށް ސަރުކާރުން ބިމެއް ދީފައިވާއިރު، މިހާރު މާލޭގައި ހުރި އިންޑިއާގެ އެމްބަސީއަކީ އިންޑިއާ އިން ކުއްޔަށް ނަގައިގެން އުޅޭ ބިމެއްގައި ހަދާފައި ހުރި އިމާރާތަކެވެ. މީގެ ކުރިން ރައީސް ނަޝީދު ސަރުކާރުގައި އިންޑިއާގެ އެމްބަސީއެއް އެޅުމަށް މާލެއިން ބިމެއް ދީފައި އޮތް ނަމަވެސް އަދި މިހާތަނަށް އައި އިރު އެ ތަނުގައި އެއްވެސް އިމާރާތެއް އެޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ނަޝީދު ސަރުކާރުގައި އެމްބަސީ އެޅުމަށް ދީފައި ވަނީ ސޯސަން މަގުގައި ނާސަރީ ހިންގި ބިމެވެ. އެ ތަނުގައި އެމްބަސީގެ ބޯޑެއް ވެސް ހުއްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް