Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 13:38
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް 2018
އެޗްއާރްސީއެމްގެ މެމްބަރުކަމުގައި ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް ކުރެވޭ ފަރާތެއް އެބަހުރި: ޖީހާން
އެއީ ކޮން މެމްބަރެއްކަން ޖީހާން ވިދާޅެއް ނުވޭ
އޭނާ މެމްބަރުކަމަށް އައްޔަންކޮށްފައިވަނީ، އެ މައްސަލަ ޕީޖީގައި އޮއްވާ ކަމަށް
24 މިލިޔަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ކަމަށް

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މެމްބަރުންގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ފަރާތެއް މެމްބަރެއްގެ ގޮތުގައި އެބައިންނެވި ކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

ހިއުމަންރައިޓްސްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖީހާން ވިދާޅުވީ މޯލްޑިވްސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ މުވައްޒިފެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު، 24 މިލިޔަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ މީހަކު، ކޮމިޝަނުގެ މެމްބަރަކަށް އައްޔަން ކޮށްފައިވާ ކަމަށެވެ.

Advertisement

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރުކަން ކުރައްވަމުން އަންނަ ޖީހާން ވިދާޅުވީ، އޭނާ ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރަން، އޭރުގެ މަޖިލީހުން ރުހުން ދީފައިވަނީ އޭނާގެ މައްސަލަ ޕީޖީ އޮފީހުގައި އޮއްވައި ކަމަށެވެ. އެއީ ކޮން މެމްބަރެއް ކަމެއް ޖީހާން ވިދާޅެއްނުވެއެވެ.

"މިދިޔަ ދައުރުގައި ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވުނު އިރު ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ތުހުމަތު ކުރެވިފައިވާ ފަރާތެއް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ، އެ މީހެއްގެ މައްސަލަ މި މަޖިލީހަށް އެ މީހެއްގެ ނަން ފޮނުވުނު އިރު ، ޕީޖީގައި 24 މިލިޔަން ދިވެހި ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއްވާ ފަރާތެއް، ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި އައްޔަން ކުރެވިގެން މަސައްކަތް ކުރަމުން އެބަދޭ"
ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ މިފަދަ ކަންތައްތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. މިފަދަ ކަންކަމުން މިނިވަން މުއައްސަސާތައް ސަލާމަތް ކޮށްގެން މެނުވީ، ތައައްސުބުން އެއްކިބާވެ ނުފޫޒުން ސަލާމަތްވެ ތިބެ ބިރު ނުގަނެ ފަސްނުޖެހި މަސައްކަތް ކުރާ މިނިވަން މުއައްސަސާތަކެއް ނުފެންނާނެ ކަމަށެވެ.

ހިއުމަންރައިޓްސް ކޮމިޝަނުގެ ޤާނޫނަށް ގެންނަ މައިގަނޑު އިސްލާހަކީ އެ ކޮމިޝަންގެ މެމްބަރުންނާއި، މެމްބަރުންގެ އާއިލާގެ މެމްބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމް ކުރުމުގެ ގޮތުން ގެނެވޭ އިސްލާހެކެއެވެ. ކޮމިޝަނުގެ ޤާނޫނަށް މިފަދަ އިސްލާހެއް ގެންނަނީ ، ކޮމިޝަނުގެ މެމްބަރުންނަކީ ތައައްސުބުން އެއްކިބާވެ މިނިވަންކަމާ އެކުގައިކަން މަސައްކަތް ކުރަމުން އަންނަ ބައެއްކަން ކަށަވަރުކުރުމަށްޓަކައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
4 ސެޕްޓެންބަރ 2019 | ބުދަ 14:44
ސޮރީ
Ms. Aminath Eenas President August 2015 Mr. Mohamed Zahid Vice President June 2017 Mr. Moosa Ali Kaleyfaan Commissioner August 2015 Ms. Naiween Abdulla Commissioner September 2015 Ms. Aishath Afreen Mohamed Commissioner August 2015