Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 13:07
ސީޕީއާއި ހޯމް މިނިސްޓަރު ރިލްވާނުގެ އާއިލާއާ ބައްދަލުކުރެއްވުން
ސީޕީއާއި ހޯމް މިނިސްޓަރު ރިލްވާނުގެ އާއިލާއާ ބައްދަލުކުރެއްވުން
ޕޮލިސް
ރިލްވާނު އަބްދުﷲ
ސީޕީއާއި ހޯމް މިނިސްޓަރު ރިލްވާނުގެ އާއިލާއާ ބައްދަލު ކުރައްވައިފި
އެސިސްޓެންޓް ކޮމިޝަނަރވެސް ބައިވެރިވެވަޑައިގެންފައިވޭ
ކުރެވުނު މަޝްވަރާތަކުގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއްނުވޭ
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާއެކު ބައްދަލުވުމަކަށް އެދިފައިވޭ

ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ އާއިލާއާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިހް އިމްރާން އަބްދުﷲ އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައްދަލު ކުރައްވައިފިއެވެ.

Advertisement

ބުދަ ދުވަހު ބޭއްވި މި ބައްދަލު ކުރެއްވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒްވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، މަރު ކޮމިޝަނުން އާންމު ކުރި މައުލޫމާތުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާއެކު ބައްދަލުވުމެއް ރޭވުމަށް އެދިފައިވާނެ ކަމަށެވެ.

ފުލުހުން އެހެން ބުނެފައިވާއިރު، ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ އެދުމުގެ މަތިން 14 ފަރާތެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން އާދީއްތަ ދުވަހުން ފެށިގެން މިހާތަނަށް 14 ފަރާތެއްގެ ޕާސްޕޯޓް އެކޮމިޝަނުން ހިފަހައްޓާފައިވާއިރު، ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ހުލާސާ ރިޕޯޓު މަޖިލީހުގެ ވެބްސައިޓްގައިވެސް ވަނީ އާންމުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް