Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 11:34
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ރާއްޖެއަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ ދަޢުވަތަކަށް
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ރާއްޖެއަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ ދަޢުވަތަކަށް
ސްރީލަންކާގެ ބޮޑުވަޒީރު
ސްރީލަންކާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ލަންކާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރެވިފައިވޭ
ލަންކާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވާފައިވޭ

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ބުދަ ދުވަހުގެ ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ ދަޢުވަތަކަށް، މި މަހުގެ 2 އިން 4 އަށް ލަންކާގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ރާއްޖެއިން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ލަންކާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ވެސް ރާއްޖެ ވަޑައިގެންނެވިއެވެ.

ލަންކާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރެވިފައިވެއެވެ. އަދި ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ވަނީ ބައްވާފައެވެ. އެގޮތުން، ދިވެހިރާއްޖެއާއި ސްރީލަންކާ އާއި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުންނާއި، ދެ ޤައުމުން އަހައްމިއްޔަތުކަންދޭ ކަންކަމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވެއެވެ.

Advertisement

މިގޮތުން ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ޒުވާނުންގެ ހުނަރު ތަރައްޤީ ކުރުމާއި ސަޤާފީ ގޮތުން ގުޅުން ބަދަހިކުރުމުގެ އިތުރުން ސަރަޙައްދީ ސަލާމަތީ ރައްކާތެރިކަން އިތުރުކުރުމާ ބެހޭގޮތުން ދެޤައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވިއެވެ. ލަންކާގެ ބޮޑުވަޒީރުގެ ދެކަނބަލުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވި ރަސްމީ ޖާފަތުގައި ބޮޑުވަޒީރުގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ލަންކާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވާފައި ވެސް ވެއެވެ.

ބޮޑުވަޒީރުގެ މި ދަތުރުފުގައި، ރާއްޖޭގައި މި މަހުގެ 3 އިން 4 އަށް ބޭއްވި އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަވާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް