Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 17:25
މިނިސްޓަރ މަހުލޫފް އެއްބްސްވުމުގައި ސޮއި ކުރައްވަނީ
މިނިސްޓަރ މަހުލޫފް އެއްބްސްވުމުގައި ސޮއި ކުރައްވަނީ
ދާނިޝް ނިޡާމް
މިނިސްޓަރ މަހުލޫފް
61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްގެ ސާމާނު ސަޕްލައިކޮށްދިނުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް
މި ޕްރޮޖެކްޓަކީ 9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް
މަސަތްކަތް ނިމޭއިރު އިތުރު 20 މިލިއަން ރުފިޔާ ހަރަދުވާނެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްގެ ސާމާނު ސަޕްލައިކޮށްދިނުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއެކު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖިމްތައް ގާއިމުކުރާނެ ވާހަކަ މީގެކުރިންވެސް ދައްކާފައިވާނެކަމަށާއި ދައުލަތުގެ ބައެއް އުސޫލުތައް ހަމަޖެހިފައިވާ ގޮތުން މިއީ ވަރަށް ގިނަ ވަގުތު ހޭދަވާކަމެއްކަމަށެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރާ މި ޖިމްތަކުގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަނުން ނިންމަން ޖެހެއެވެ. އެގޮތުން ޖިމްތައް ގާއިމުކުރާނެ 61 ރަށެއް ކަނޑައަޅައި ކައުންސިލަށް ޖިމް ގާއިމްކުރަން ބޭނުންވާ ބިން ކަނޑައެޅުމަށް އަންގާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ މި ޕްރޮޖެކްޓަކީ 9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްކަމަށާއި ރަށްރަށުގައި ޖިމްތައް އިންސްޓޯލްކުރަން ދާ ހަރަދާއެކު މަސަތްކަތް ނިމޭއިރު އިތުރު 20 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. ދުޅަހެޔޮ އަދި ހަށިހެޔުކަންމަތީ ރައްޔިތުން ތިބުމަކީ ސަރުކާރުގެ އެއް ސިޔާސަތައް ވާއިރު ބޭނުމަކީ އަލަށް ގާއިމުކުރާ އައުޓްޑޯރ ޖިމްތައް ރައްޔިތުން ބަލައިގަންނަ ތަންތަނުގެ ގޮތުގައި ހެދުންކަމަށް މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ. އަދި ސްޕޯޓް ކައުންސިލަރުންގެ ގޮތުގައި މިހާރު ތިބި 60 މީހުންގެ އިތުރަށް 100 މީހުން ހޯދުމުގެ މަސަތްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މައުރޫފް އަހްމަދުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް