Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 17:12
މި ބިލް ރައީސް ތަސްދީގް ކުރައްވާތާ 30 ދުވަހުގެ ތެރޭގައި ކޮމިޝަނަރ އޮފް ޖެނެރަލް ޓެކްސޭޝަންގެ މަޤާމް ގެއްލޭނެ
މި ބިލް ރައީސް ތަސްދީގް ކުރައްވާތާ 30 ދުވަހުގެ ތެރޭގައި ކޮމިޝަނަރ އޮފް ޖެނެރަލް ޓެކްސޭޝަންގެ މަޤާމް ގެއްލޭނެ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މަޖިލިސް 2019
ޔަޒީދުގެ މަޤާމު ގެއްލޭ އިސްލާހު މަޖިލީހުން ފާސްކޮށްފި
މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 59 މެމްބަރުން ވަނީ ވޯޓް ދެއްވާފައި
ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި ކޮމިޝަނަރ އޮފް ޖެނެރަލް ޓެކްސޭޝަންގެ މަޤާމް ގެއްލޭނެ
މި ދެ މަގާމު އެއްވެސް ސަބަބަކާއި ހުރެ ހުސްވެއްޖެނަމަ، 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަންކުރަންޖެހޭ

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މަގާމްގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހްމާލްވެއްޖެނަމަ، އޭނާ މަގާމުން ވަކި ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް "ޓެކްސް ނެގުމާބެހޭ އިދާރީ" ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފިއެވެ.

މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 59 މެމްބަރުން ވޯޓް ދެއްވާފައިވާއިރު، ތިން މެމްބަރަކު ވަކި ގޮތަކަށް ވޯޓް ނުދެއްވައެވެ.

މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްއެވެ. ބިލް އިގްތިސާދީ ކޮމިޓީން ދިރާސާކޮށްފައިވާއިރު، މަޖިލީހުގެ ތަޅުމުގައި ވަނީ އެއް އިސްލާހު ހުށަހަޅުއްވާފައެވެ. އިސްލާހު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ. އަސްލަމް ހުށަހެޅުއްވީ މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި ކޮމިޝަނަރ އޮފް ޖެނެރަލް ޓެކްސޭޝަންގެ މަޤާމް ގެއްލޭނެ ކަމަށެވެ. މި އިސްލާހުވެސް މަޖިލީހުގެ ތަޅުމުގައި ވަނީ ފާސްކޮށްފައެވެ.

ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައިވަނީ ކޮމިޝަނަރ ޖެނެރަލް އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އައްޔަން ކުރުމާއި ވަކިކުރުމާއި މުސާރަ ކަނޑައެޅޭނެ ގޮތްތައްވެސް ކަނޑައަޅާފައެވެ.

Advertisement

ގާނޫނަށް ގެނެވުނު އިސްލާހުގައިވާ ގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ތިއްބެވި ބޭފުޅުން މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހްމާލްވިކަމަށް، ނުވަތަ މަޤާމުގެ ނުފޫޒް ނާޖާއިޒް ގޮތުގައި ބޭނުންކުރާ ކަމަށް، ނުވަތަ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކޮމިޓީއަށް ފެނިގެން، ކޮމިޝަނަރ އާއި ޑެޕިއުޓީ ކޮމިޝަނަރ މަގާމުން ވަކި ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އޭނާ އެ މަގާމުން ވަކިވާނެ ކަމަށެވެ.

މި ދެ މަގާމު އެއްވެސް ސަބަބަކާއި ހުރެ ހުސްވެއްޖެނަމަ، 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަންކުރުމަށް، ބިލަށް ހުށަހެޅުނު އިސްލާހުގެ ތެރޭގައި ވަނީ ބުނެފައެވެ.

ކޮމިޝަނަރ ޖެނެރަލް އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމްގެ މުއްދަތުގެ ދައުރަކީ ފަސް އަހަރުގެ ގޮތުގައި ކަނޑައެޅުމަށް ބިލްގައިވަނީ ބުނެފައެވެ. އެހެން ނަމަވެސް މަގާމްގެ ދައުރުގެ ތެރެއިން، އެ ދެ މަގާމް ރައްޔިތުންގެ މަޖިލީހުން ވަކި ނުކުރާނަމަ، އެ ބޭފުޅަކު އިތުރު ދައުރަކަށް އައްޔަން ކުރުމަށް ގާނޫނު ހުރަހެއް ނާޅައެވެ.

މީގެ އިތުރުން މީރާގެ ބޯޑްގެ މެމްބަރުންނާއި، ކޮމިޝަނަރ ޖެނެރަލް އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް، މަގާމާއި ހަވާލުވުމުގެ ކުރިއަށް ފާއިތުވީ އަހަރުގެ، އަދި އެއިން ފަރާތެއް މަގާމުން ވަކިވާތާ އެއް އަހަރު ދުވަސް ހަމަވުމާ ހަމައަށް، އަހަރަކު އެއްފަހަރު، އެފަރާތުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެ ކަމަށް ވެސް ޓެކްސް އާއި ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުނު އިސްލާހުގައި ވަނީ ބުނެފައެވެ. އަދި އެ ބަޔާން މީރާގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
3 ސެޕްޓެންބަރ 2019 | އަންގާރަ 17:59
ދޮހޮއްކޮބެ
ކަލޯ ޔަޒީދަށް މިހާރު ހުންނާނީ ގޮރު ހެނޑިފަ