Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 15:09
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ
ރާއްޖެ އެމްވީ
އިމިގްރޭޝަން
ރިލްވާން މައްސަލައިގައި މިހާތަނަށް ހިފަހައްޓާފައިވަނީ 14 މީހެއްގެ ޕާސްޕޯޓް: އިމިގްރޭޝަން
ރިލްވާން ގެއްލުވާލާފައިވަނީ، އޮގަސްޓް، 8، 2014 ގައި
އިމިގްރޭޝަންގެ ފަރާތުން ދޭންޖެހޭ ހުރިާ އެއްބާރުލުމެއް ދޭނެ
ޕާސްޕޯޓް ހިފަހައްޓައިފި ނަމަ އެމީހަކަށް ރާއްޖެއިން ބޭރަށް ފުރުމުގެ އެއްވެސް ހުއްދައެއް ނޯންނާނެ

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ އެދުމުގެ މަތިން 14 ފަރާތެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) ރާއްޖެއެމްވީއަށް ވިދާޅުވީ އާދީއްތަ ދުވަހުން ފެށިގެން މިހާތަނަށް 14 ފަރާތެއްގެ ޕާސްޕޯޓް އެކޮމިޝަނުން ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކޮން ފަރާތެއްކަމެއް ވިދާޅެއް ނުވެއެވެ.

ޕާސްޕޯޓް ހިފަހައްޓައިފި ނަމަ އެމީހަކަށް ރާއްޖެއިން ބޭރަށް ފުރުމުގެ އެއްވެސް ހުއްދައެއް ނޯންނާނެއެވެ.

ރިލްވާންގެ ގެއްލުވާލައި، މަރާލި މައްސަލައާ ގުޅިގެން މައުލޫމާތު ދެއްވުމަށް ރިޔާސީ ކޮމިޝަނުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ރިލްވާން ރަހީނުކުރުމަށް ފަހު، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިކަމުގެ ދައުވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ފުލުސް ދެ އޮފިސަރުންނަށް ދައުވާ ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ޕީޖީ ގެ ލަފައެއް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

ރިލްވާން ގެއްލުވާލާފައިވަނީ، އޮގަސްޓް، 8، 2014 ގައެވެ.

ސުއޫދު ވިދާޅުވެފައިވަނީ ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ.

ހަނަފީ ވިދާޅުވީ މަރު ކޮމިޝަނަށް އިމިގްރޭޝަންގެ ފަރާތުން ދޭންޖެހޭ ހުރިާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް