Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 11:09
އައްޑޫ ޓާރޝަރީ ހޮސްޕިޓަލް
އައްޑޫ ޓާރޝަރީ ހޮސްޕިޓަލް
މުހައްމަދު ޝަރުހާން
އައްޑޫސިޓީ ހިތަދޫ
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރުކާރާ ހަވާލުކޮށްފި
ހޮސްޕިޓަލު ހުޅުވުމުން ސިއްހީ ޚިދުމަތްތައް ފަސޭހަވެގެންދާނެ
މަސައްކަތް ކުރީ އެލިއާ ކޮންސްޓްރަކްޝަން އިން
ހޮސްޕިޓަލުގެ ބައެއް މަސައްކަތް ނުނިމޭ

އައްޑޫސިޓީ ހިތަދޫގައި ހަދާފައިވާ "އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް" ގެ މަސައްކަތް ނިންމައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އާ ހަވާލު ކޮށްފިއެވެ.

Advertisement

އެމްޑީޕީ ސަރުކާރުން އައްޑޫގައި ކުރިން ހަދާފައިވާ ކޮންވެންޝަން ސެންޓަރުގައި ހެދި ޓާރޝަރީ ހޮސްޕިޓަލް މިދިޔަ ހަފްތާގެ ތެރޭގައި އެލިއާ ކޮންސްޓްރަކްޝަން އިން މިނިސްޓްރީއާ ހަވާލު ކޮށްފައިވާއިރު، އަދިވެސް ހޮސްޕިޓަލުގެ ބައެއް މަސައްކަތް ނުނިމި ހުރި ކަމަށާއި، އެ މަސައްކަތްތައް ކުރަމުން އަންނަ ކަަމަށް ބައެއް ނޫސްތަކުގައި ރިޕޯރޓް ކޮށްފައިވެއެވެ.

އައްޑޫ ޓާރޝަރީ ހޮސްޕިޓަލް

ހޮސްޕިޓަލު ރަސްމީކޮށް ހުޅުވާނެ ތާރީޚެއް ސަރުކާރުން އިއުލާނު ކޮށްފައި ނުވި ނަމަވެސް، މިހާރު އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދުވާލަކު 250 އާއި 300 އާއި ދެމެދު ބަލިމީހުން ފަރުވާ ހޯދަމުންދާއިރު، އައްޑޫ ޓާރޝަރީ ހޮސްޕިޓަލު ހުޅުވުމުން ސިއްހީ ޚިދުމަތްތައް ފަސޭހަވެގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އައްޑޫ ސިޓީގައި 2011 ވަނަ ބޭއްވި ސާކް ސަމިޓަށް ހާއްސަ ކޮށްގެން ހިތަދޫގައި އަޅާފައިވާ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމާފައި ވަނީ ރައީސް ޔާމީނުގެ ސަރުކާރުންނެވެ. އެގޮތުން އައްޑޫގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލައަކަށް ޓަރޝަރީ ހޮސްޕިޓަލް ހުޅުވުމުން ހައްލު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް