Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 08:27
އެއާރޕޯޓުން ދަތުރުވެރިން ފުރުން
އެއާރޕޯޓުން ދަތުރުވެރިން ފުރުން
ރާއްޖެއެމްވީ
ކަސްޓަމްސް - މަސްތުވާތަކެތި
ވައިގެ މަގުން ކޮލަމްބޯއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
ތަކެތީގެ ބަރުދަނުގައި 38.16 ގްރާމް ހުރި
ތަކެތީގެ މަގުމަތީގެ އަގަކީ 70،000 ރުފިޔާ

ވައިގެ މަގުން ސްރީލަންކާގެ ކޮލަމްބޯއަށް ބޭރުކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ތަކެތި ފެނުނީ ބަލައި ފާސްކުރުމުގެ ތެރޭގައި ޕާރްސަލްއެއްގެ ތެރެއިން ކަމަށާއި އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ 99 ގުޅަ ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ބަރުދަނުގައި 38.16 ގްރާމް ހުރިއިރު ، ތަކެތީގެ މަގުމަތީގެ އަގު 70،000 ރުފިޔާއަށް ވުރެ ގިނަ ވާނެކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އަދި ފުރަތަމަ މަރުހަލާގައި ތަކެތި ޓެސްޓް ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.

Advertisement

ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާއިރު ، ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ކަސްޓަމްސް އިން ވަނީ 2019 ވަނަ އަހަރުގައި މިހާތަނަށް 23.7 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް