Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 17:34
މަރުހަބާ ދެންނެވުމުގެ ކަންތައް ކުރިއަށް ދިޔަ ވަގުތު ރަސްދޫގެ ރައްޔިތުން ވަނީ ސަގާފީ ގިނަ ހަރަކާތްތަކެއް ދައްކާދީފައި
މަރުހަބާ ދެންނެވުމުގެ ކަންތައް ކުރިއަށް ދިޔަ ވަގުތު ރަސްދޫގެ ރައްޔިތުން ވަނީ ސަގާފީ ގިނަ ހަރަކާތްތަކެއް ދައްކާދީފައި
ޓްވިޓަރ
ސައުތް އޭޝިއަން ސްޕީކަރސް ސަމިޓް
ސައުތް އޭޝިއަން ސްޕީކަރސް ސަމިޓްގެ ވަފުދު ރަސްދޫގައި
ސަމިޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި އޮތީ ސެޕްޓެންބަރު 1 ކުން 2 ކަށް
ސަމިޓް ގައި އަފްޣާނިސްތާން، އިންޑިޔާ، ބަންގްލަދޭޝް، ބޫޓާން، ޕާކިސްތާން، އަދި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ސްޕީކަރުން ބައިވެރިވެވަޑައިގަންނަވާ

ސައުތް އޭޝިއަން ސްޕީކާރސް ސަމިޓްގައި ބައިވެރިވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން އއ. ރަސްދޫއަށް ވަޑައިގަންނަވައިފި އެވެ.

Advertisement

ރަސްދޫ އިން ވަނީ ކަނޑުމަތިން ވަފުދުގެ ބޭފުޅުންނަށް މަރުހަބާ ދެއްނެވުމުގެ ގޮތުން ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި ރަސްދޫއަށް ފައިބާވަޑައިގަތުމާއެކު ރަސްދޫއިން ވަނީ ހަތްކޮޅާއެކު ހަރުބީގައި މި ބޭފުޅުންމަށް މަރުހަބާ ކިޔުމައްޓަކާ ހާއްސަ ކުރެވިފައިވާ މަންޒިލަށް ގެންގޮސްދީފައެވެ. މަރުހަބާ ދެންނެވުމުގެ ކަންތައް ކުރިއަށް ދިޔަ ވަގުތު ރަސްދޫގެ ރައްޔިތުންވަނީ ސަގާފީ ގިނަ ހަރަކާތްތަކެއް ދައްކާދީފައެވެ.

ވަފުދުގެ ބޭފުޅުން ރަސްދޫއަށް މި ކުރެއްވި ދަތުރުފުޅުގައި ރަސްދޫގެ ސްލޯގަން ބޯޑް ލޯންޗްކޮށްދެއްވާނެއެވެ. އަދި ރަށުގެ ގިރާ ސަރަހައްދުތައް ބައްލަވާލެއްވުމުގެ އިތުރުން ރަށުގެ ވޭސްޓް މެނޭޖްމެންޓް ސަރަހައްދަށް މި ބޭފުޅުން ޒިޔާރަތް ކުރައްވާނެއެވެ.

ހަތަރު ވަނަ ސައުތް އޭޝިއަން ސްޕީކަރސް ސަމިޓަށް އަފްޣާނިސްތާން، އިންޑިޔާ، ބަންގްލަދޭޝް، ބޫޓާން، ޕާކިސްތާން، އަދި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ސްޕީކަރުން ވަނީ ރާއްޖެ ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް